ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގައި މި ޑިޕާޓްމަންޓު ހުޅުވިފައި ހުންނާނެ ރަސްމީ ގަޑިއަކީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށެވެ.
ރަމަޟާން މަހުގެ ފަހުގެ ދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: 04/2024 ދެންނެވުމުން ނިންމަވާފައިވާތީ، މި ޑިޕާޓްމަންޓުވެސް ރަމަޟާން މަހުގެ ފަހު ދިހައިގައި ބަންދުވާނެ ވާހަކަ ޢާންމުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މި ޑިޕާޓްމަންޓުން ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ރެކޯޑު ސާފުކުރުމުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ބަންދު ދުވަސްތަކުގައިވެސް ރެކޯޑު ސާފުކުރުމުގެ ޚިދުމަތް އޮންލައިކޮށް ފޯރުކޮށްދޭ ގޮތަށް ހަމަޖެހިފައިވާ ކަމުގައި ދެންނެވީމެވެ. އޮންލައިންކޮށް ރެކޯޑު ސާފުކުރުމަށްޓަކައި [email protected] އަށް އީމެއިލްގެ ޒަރިއްޔާއިން ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅާ ފޯމާއި ލިޔެކިޔުން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަދި މިއަހަރުގެ ފިތުރު ޢީދާ ގުޅިގެން ސަރުކާރުބަންދުވާ ދުވަސްތަކުގައި ރެކޯޑު ސާފުކޮށް ދިނުމަށް ހުށަހަޅާ ފޯމުތަކަށް ރެކޯޑު ސާފުކޮށްދެވޭނީ، ފިތުރު ޢީދާ ގުޅިގެން އަންނަ ބަންދު ދުވަސްތައް ނިމި ސަރުކާރުގެ އޮފީސްތައް ހުޅުވުމުންނެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.