ދިވެހިރާއްޖެ
2 ޕްރޮޖެކްޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް 2 ޕްރޮޖެކްޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު: F/2015/54-ފ198 (9 ޖުލައި 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ އެމަސައްކަތް ކުރުމުގެ އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޮގަސްޓު 2015 ވަނަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 އޮގަސްޓު 2015 ވަނަ ދުވަހުގެ 13:00 އަށް އަންދާސީހިސާބު މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މިޑިޕާޓްމަންޓަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށެވެ.
މިހެންވެ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
20 ޝައްވާލް 1436