ދިވެހިރާއްޖެ
އިޢުލާން
ކައުންސިލްގެ ބައުވެ ހަލާކުވެފައިވާ 1.5 ޓަނުގެ ޕިކަޕް ނީލަން ކިއުން (2ވަނަ)
މިކައުންސިލްގެ ބައުވެ ހަލާކުވެފައިވާ 1.5 ޓަނުގެ ޓޮޔޯޓާ ބްރޭންޑްގެ ޕިކަޕް ސިޓީލާ ނީލަމުގައި ނީލަން ކިޔަން މި ކައުންސިލްގެ 4 ވަނަ ދައުރުގެ 202 ވަނަ އާންމު ޖަލްސާއިންވަނީ ނިންމާފައެވެ. މިހެންކަމުން، މި ނީލަމަށް ޢާންމުކޮށް ފުރުޝަތު ހުޅުވާލަމެވެ. މި އިޢުލާނާ ގުޅިގެން މި ކައުންސިލްގެ ނަމްބަރު (IUL)342/INDIV/2025/9 (5 ފެބުރުވަރީ 2025) ވަނަ އިޢުލާންވަނީ އެއްވެސްފަރާތަކުން ހުށަހަނާޅާތީވެ، ބާޠިލް ކުރެވިފައެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިމިވާ ސިޓީލާ ނީލަމުގެ އުޞޫލުން ނީލަމުގައި ބައިވެރިވެދެއްވުމަށް އެދެމެވެ.
.........................................................
މިއީ، މި ދެންނެވުމު ނީލަން ކުރިއަށް ގެންދިއުމަށް ކަނޑައަޅާ އުޞޫލެވެ.
- ފަށާ އަގު -/60،000 (ފަސްދޮޅަސް ހާސް) ރުފިޔާއެވެ.
- ސިޓީލާ މިނީލަމުގައި އިތުކުރެވޭނީ މަދުވެގެން -/5000 (ފަސްހާސް) ރުފިޔާއެވެ.
- ނީލަމުގެ އަގު ހުށަހަޅަންވާނީ ރަސްމީ ދުވަހުގެ މެންދުރުފަހު 1:00ގެ ކުރިން މިކަމަށް ޙާއްސަކޮށް ކައުންސިލުން ދޫކުރާ ފޯމުންނެވެ. މި ދެންނެވި ފޯމް އިޢުލާނާއެކީ ޢާންމު ކުރެވިފައިވާނެއެވެ. މީގެ އިތުރުން ކައުންސިލްގެ ވެބްސައިޓް (https://mathiveri.gov.mv/downloads ) އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
- އަގުހުށަހަޅާ ފޯމްގެ ކައުންޓަރުން ބަލާގަންނާނެއެވެ. އަދި އޮންލައިންކޮށް ހުށަހަޅާނަމަ، މެއިލް ކުރާނީ: [email protected] މި މެއިލަށެވެ.
- މިނީލަމުގައި ޢާންމު ފަރުދުންނާއި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިތަކަށް ބައިވެރިވެވޭނެއެވެ.
- މިނީލަމުގައި ބައިވެރިވާން ފުރަތަމަ ފަހަރަށް ފޯމް ހުށަހަޅާއިރު އައިޑީ ކާޑް ކޮޕީ ނުވަތަ ވިޔަފާރި ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
- ނީލަން ކުރިއަށްދާނީ 2025 މާރިޗު 4 އިން 17 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
- ވިދިވިދިގެން ރަސްމީ 3 ދުވަސްވަންދެން އަގު ބަދަލުނުވެ، އެއް އަގެގައި ހުރިނަމަ، އެއީ ލިބޭނެ އެންމެ ބޮޑު އަގުކަމަށްބަލާ އެއަގު ހުށަހެޅި ފަރާތަށް ޕިކަޕް ނީލަމުގައި ލިބިގެންދާނެއެވެ.
- އެއް އަގެއް އެއް ފަރާތަށްވުރެ ގިނަފަރާތަކުން ހުށަހަޅާފިނަމަ، އެންމެ ފަހުން އެއަގު ހުށަހަޅާ ފަރާތަށް އެއަގު ބަލާ ނުގަނެވޭނެކަމަށް ކައުންސިލުން އެވަގުތު ފޯމް ހިފާގެން އާ ފަރާތަށް އަންގަންވާނެއެވެ.
- ކޮންމެ ދުވަހަކުވެސް އެ ދުވަހު ލިބިފައިވާ އެންމެ ބޮޑު އަގު އެދުވަހެއްގެ އޮފީސް ބަންދު ކުރުމުގެ ކުރިން ކައުންސިލްގެ ރަސްމީ ވެބްސައިޓްގައި ޢާންމު ކުރެވޭނެއެވެ.
- މިނީލަން ކާމިޔާބު ކުރިފަރާތައް ޕިކަޕް ހަވާލު ކުރެވޭނީ ކައުންސިލާއި އެފަރާތާއި ދެމެދުވެވޭ އެއްބަސްވުމެއްގެ ދަށުނެވެ.
މި ނީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ ފޯން ނަމްބަރު 6660058 އަށް ރަސްމީ ދުވަސްތަކު ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
3 ރަމަޟާން 1446
3 މާރިޗު 2025