އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަޅު ކަމަނާ އެވޯޑު 2025 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

ކަޅު ކަމަނާ އެވޯޑަކީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ކަނބަލުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިއަހަރު މުޅިން އަލަށް ދެވޭ އެވޯޑެކެވެ. މި އެވޯޑަކީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން އަންހެނުން ކުރާ މަސައްކަތްތަކާއި، ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ވަޒަންކުރުމުގެ ގޮތުންނާއި، މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އެކި ކަންކަމަށް އަންހެނުން ނުކުތުމަށް ހިތްވަރުދީ އަންހެނުން ބާރުވެރިކޮށް، ކަނބަލުންގެ އަގުވަޒަން ކުރުމުގެ ގޮތުން އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށުގެ މުއައްސަސާތަކާއި ގުޅިގެން ދެވޭ ޚާއްޞަ އެވޯޑެކެވެ. މި އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ، އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށުގެ މުއައްސަސާތަކުން މިކަމަށް އެކުލަވާލާ "އިވެލުއޭޝަން ކޮމިޓީ" އިންނެވެ.

މި އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ އުޞޫލާއި އެޕްލިކޭޝަން ފޯމް މި ކައުންސިލުންނާއި ގެޒެޓް އިން ލިބެންހުންނާނެއެވެ. "ކަޅު ކަމަނާ އެވޯޑު 2025" އަށް ނަން ހުށަހެޅުމަށް އެދޭ ފޯމް ކައުންސިލްއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ.

ވީމާ، "ކަޅު ކަމަނާ އެވޯޑު 2025" އަށް ނަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 މާރޗް 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ނަން ހުށަހެޅުމަށް ދަންނަވަމެވެ.

03 މާރިޗު 2025
ހޯދާ