މަޑަވެލީ ސްކޫލް / ގދ. މަޑަވެލި
ދިވެހިރާއްޖެ
ސްކޫލުގެ ވަށާފާރު މަރާމާތު ކުރުމާއި ގުޅޭ!

އިޢުލާން

 

 

ސްކޫލުގެ ވަށާފާރު މަރާމާތު ކުރުމާއި ބެހޭ

 

މި ސްކޫލުގެ ވަށާފާރު މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ GS207/IUL/2025/005 (24 ފެބްރުވަރީ 2025) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން އެ މަސައްކަތް ކޮށްދެވޭނެ އަގު ބަޔާންކޮށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 09 މާރޗް 2025 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި ސްކޫލުގެ ނަމްބަރ 7983090 ފޯނަށް ގުޅައި ނަންނޯޓްކޮށް ރެޖިސްޓަރީ ކުރެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމާއި އަގުފޯމް ބަލައިގަތުމުގެ ބައްދަލުވުން

ތާރީޚް

ގަޑި

ތަފްޞީލް

10.03.2025

ހެނދުނު 10:30

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

12.03.2025

ހެނދުނު 10:30

ބިޑް ހުށަހެޅުން

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މަޑަވެލީ ސްކޫލް

ފޯން: 7983090

އީ-މެއިލް: [email protected]

03 މާރިޗު 2025
ހޯދާ