ދިވެހިރާއްޖެ
މިއަހަރުގެ ފިޠުރުޒަކާތް ބަލައިގަތުން ކުރިއަށް ދާނީ 02 ރަމަޟާން 1446 (02 މާރޗް 2025) ވާ އާދިއްތަ ދުވަހުން ފެށިގެން 27 ރަމަޟާން 1446 (27 މާރޗް 2025) ވާ ބުރާސްފަތިދުވަހުގެ ނިޔަލަށެވެ. ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައިވާތީ، ކައުންސިލުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް ތިރީގައި އެވަނީއެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
|
02 މާރޗް 2025 – 20 މާރޗް 2025 |
ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު |
09:30 ން 12:00އަށް |
|
23 މާރޗް 2025 – 27 މާރޗް 2025 |
ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު |
11:00 ން 12:00 އަށް |
ކައުންސިލުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނަޤުދު ފައިސާއިންނެވެ. ކައުންސިލްގެ އެއްވެސް އެކައުންޓަކަށް ޒަކާތު ފައިސާ ޖަމާނުކުރުމަށް ދަންނަވަމެވެ. އޮންލައިންކޮށް ފިޠުރު ޒަކާތް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކަށް ތިރީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް/އިދާރާތައް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އިސްލާމިކް މިނިސްޓްރީންވަނީ ހަމަޖައްސަވާފައެވެ. އަދި އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަންނާނީ ތިރީގައިވާ މުއައްސަސާތަކުންނެވެ. އޮންލައިންކޮށް ފިތުރުޒަކާތް ދައްކަވާއިރު ތިރީގައިވާ ތާވަލުގައިވާ ސުންގަޑިތަކަށް ސަމާލުކަންދެއްވަން ހަނދުމަފުޅުކޮށްއަރުވަމެވެ.
|
# |
އިދާރާ / މުއައްސަސާ |
ސުންގަޑިތައް |
|
1 |
ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) |
27 ރަމަޟާން 1446 ގެ ހެނދުނު 06:00 |
|
2 |
އުރީދޫ |
27 ރަމަޟާން 1446 ގެ ހެނދުނު 06:00 |
|
3 |
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ) |
27 ރަމަޟާން 1446 ގެ ހެނދުނު 06:00 |
|
4 |
ބޭންކް އޮފް މޯލްޑިވްސް (ބީ. އެމް.އެލް( |
27 ރަމަޟާން 1446 ގެ ހެނދުނު 06:00 |
|
5 |
ފަހިޕޭ |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
6 |
ބަނޑޭރިޕޭ |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
މިއަހަރުވެސް ފިޠުރުޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމެއްގެ ގޮތުން އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތަފްޞީލު ތިރީގައި މިވަނީއެވެ.
|
ފައިސާގެއަދަދު |
ބާވަތް |
# |
|
12 ރުފިޔާ |
އާދައިގެ ހަނޑޫ |
1 |
|
62 ރުފިޔާ |
ތައިލެންޑް ހުދު ހަނޑޫ |
2 |
|
86 ރުފިޔާ |
ރަތް ހަނޑޫ |
3 |
|
74 ރުފިޔާ |
ބާސްމަތީ ހަނޑޫ ( އާދައިގެ) |
4 |
|
100 ރުފިޔާ |
ބާސްމަތީ ހަނޑޫ ( މޮޅު) |
5 |
|
133 ރުފިޔާ |
ބާސްމަތީ ހަނޑޫ ( އެންމެ މޮޅު) |
6 |
|
10 ރުފިޔާ |
އާދައިގެ ފުށް |
7 |
|
75 ރުފިޔާ |
އާޓާ ފުށް |
8 |
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
