އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

އިޢުލާން

 1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

 1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 3 ރަމަޞާން 1446 (3 މާރިޗް 2025) އިން ފެށިގެން 27 ރަމަޞާން 1446 (27 މާރިޗް 2025) ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ފިޠުރު ޒަކާތް ނެރޭނީ، ގޮވާމުގެ ބާވަތްތަކުގެ ގޮތުގައި ޒަކާތު ހައުސް އިން ޢާއްމުކުރާ ރޭޓުތަކުގެ އަގަށްވާ ފައިސާ އިންނެވެ.

  މިކައުންސިލުން ޒަކާތުގެ ފައިސާ ބަލައިގަންނާނީ ހަމައެކަނި ނަގުދު ފައިސާގެ ގޮތުގައި ކަމުގައި ދަންނަވަމެވެ. މި ޚިދުމަތް ލިބިވަޑައިގަންނަވާނީ ރަސްމީ މަސައްކަތު ދުވަސްތަކުގައި، ހެނދުނު 10:00 އިން މެންދުރު 12:30 އާ ހަމައަށް ކައުންސިލް އިދާރާއިންނެވެ. އަދި 23 މާރިޗް 2025 އިން 27 މާރިޗް 2025 އަށް ފައިސާ ބަލައިގަންނާނީ މެންދުރުފަހު 11:00 އިން 12:00 އަށެވެ.

 އަދި ޒަކާތް އޮންލައިންކޮށް ދައްކަންބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް ޙާއްސަކުރެވިފައިވާ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ދެއްކުމަށް އެދެމެވެ. އިތުރު މައުލޫމާތު އަދި ޕޯޓަލް ތަކުގެ ލިންކާއި ކިއުއާރު ކޯޑުތައް ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވެބްސައިޓް (https://zakathouse.gov.mv/) ގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ.

ބާވަތް

ރޭޓް  (މީހަކަށް ދައްކަންޖެހޭވަރު)

އާދައިގެ ހަނޑޫ

-/12  (ބާރަ ރުފިޔާ)

ތައިލެންޑް ހުދު ހަނޑޫ

-/62  (ފަސްދޮޅަސް ދެ ރުފިޔާ)

ރަތް ހަނޑޫ

-/86  (އައްށިހަ ހަ ރުފިޔާ)

ބާސްމަތީ ހަނޑޫ (އާދައިގެ)

-/74  (ހަތްދިހަ ހަތަރު ރުފިޔާ)

ބާސްމަތީ ހަނޑޫ (މޮޅު)

-/100 (ސަތޭކަ ރުފިޔާ)

ބާސްމަތީ ހަނޑޫ (އެންމެ މޮޅު )

-/133 (ސަތޭކަ ތިރީސްތިން ރުފިޔާ)

އާދައިގެ ފުށް

-/10  (ދިހަ ރުފިޔާ)

އާޓާ ފުށް

-/75  (ހަތްދިހަ ފަސް ރުފިޔާ)

 

 

 

03 މާރިޗު 2025
ހޯދާ