ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ މާފަރުގެ އިޖްތިމާއި ސަރަހައްދުތައް ސާފުކޮށް ބަލަހައްޓައި ދޭނޭ ފަރާތްތަކެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ރަށުގައި ދިރިއުޅެމުންދާ އަންހެން ބޭފުޅުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް ރަށުގެ ކޮމިއުނިޓީއާއެކު މަސައްކަތް ރާވާ ހިންގާބެލެހެއްޓުމަށް ކަމުގައިވާތީ މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ 7 ޒޯނަކަށް ބަހަލައިގެންނެވެ. މިގޮތުން ކޮންމެ ޒޯނެއް ބެލެހެއްޓުމަށް މަދުވެގެން 5 ފަރާތެއްގެ މައްޗަށް އެކުލެވޭ 7 ގުރޫޕް ހިމަނައިގެން މި މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
އިޖުތިމާއީ ސަރަހައްދުތަށް ކުނިކަހައި ސާފުކޮށް ބަލަހައްޓަން އެދޭ ފަރާތްތަކުން މަދުވެގެން 5 މީހުންގެ ގްރޫޕަކާއެކު މި އިއުލާނާއި އެޓޭޗްކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. ފޯމް ފުރިހަމަ ކުރައްވާއިރު އެ ގުރޫޕަކުން ކުނިކެހުމަށް ބޭނުއްފުޅުވެލައްވާ ސަރަހައްދެއް ފާހަގަކުރެއްވުން އެދެމެވެ. އެއް ގުރޫޕަކަށްވުރެ އިތުރަށް ވަކި ސަރަހައްދެއްކުނިކަހާ ބެލެހެއްޓުމަށް ޝައުގުވެރިކަން ފާޅުކޮށް ފޯމްގައި ފާހަގަކޮށްފައި ވާނަމަ އެ ސަރަހައްދެއް ކަނޑައެޅިގެންދާނީ ގުރުއަތު ނަގައިގެންނެވެ. އަދި އެއް ގުރޫޕަކަށްވުރެ އިތުރަށް ޝައުގުވެރިކަން ފާޅުކޮށްފައި ނުވާނަމަ ޝައުގުރެވިކަން ފާޅުކޮށްފައިވާ ގުރޫޕަށް ގުރުއަތު ނެގުމަކާއި ނުލާ އެ ސަރަހައްދެއް ބަލަހައްޓާ ސާފުކުރުމަށް ދޫކުރެވިގެން ދާނެއެވެ. ހަތް ގުރޫއްޕައްވުރެ މަދުން ނަންނޯޓް ކޮށްފައިވާނަމަ، ނަންނޯޓު ކޮށްފައިވާ ފަރާތްތަކުގެ މެދުގައި އިތުރު ޒޯންތައް ބަހާލެވިގެންދާނެއެވެ.
ވީމާ، އިޖުތިމާއީ ސަރަހައްދުތައް ކުނިކަހައި ސާފުކޮށް ބަލަހައްޓާން ޝައުގުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ތާވަލާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށް ގެންދެވުން އެދެމެވެ.
އިއުލާން ތާރީޚް: |
03 މާރިޗް 2025 |
ރަޖިސްޓްރީ ވުމުގެ ސުންގަޑި |
11 މާރިޗް 2025 ، ވަނަ އަންގާރަ ދުވަހު 13:00 ގައި ކައުންސިލްގެ އިދާރާގައި |
ޒޯނުތަކުގެ ގުރުއަތުލުން |
13 މާރިޗް 2025 ވަނަ ބުރާސްފަތި ދުވަހު 13:00 ގައި ކައުންސިލްގެ އިދާރާގައި |
ގުރުއަތު ލުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މި މަސައްކަތުގައި ރަޖިސްޓްރީ ވެފައިވާ ގުރޫޕުތަކަށް އެކަންޏެވެ. ޒޯން ކޮށްފައިވާ ސަރަހައްދުތަކާއި ކުނިކެހުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ވަކިކުރެވިފައިވާ ޗާޓު އަދި މައުލޫމާތު ޝީޓު އިއުލާނާއި އެކު އެއްކަރުދާސްކުރެވިފައި އެވަނީއެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް 11 މާރިޗް 2025 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.
އިޢުލާނާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560005 ނަންބަރަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.