ދިވެހިރާއްޖެ
"ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާއިދު" ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބެލުމަށްފަހު އަދި ޤާނޫނު ނަމްބަރ 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 9 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ބައިތައް ހިމެނޭ ގޮތަށް، ގދ. މަޑަވެލީގެ ބިން ބޭނުންކުރާނެގޮތުގެ ޕްލޭން ނުވަތަ ލޭންޑް ޔޫސް ޕްލޭން މިނިސްޓްރީ އޮފް ހައުސިންގ ލޭންޑް އެންޑް އާރބަން ޑިވެލޮޕްމަންޓް އިން ވަނީ ފާސްކޮށްދެއްވާފައެވެ.
ވީމާ، ޤާނޫނު ނަމަބަރ 1/2002 (ދިވެހިރާއްޖޭގެ ބިމާ ބެހޭ ގާނޫނު) އާއި ގާނޫނު ނަންބަރ 07/2010 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) އާއި، ޤާނޫނު ނަންބަރ 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) އާއި ގާނޫނު ނަންބަރ 2/99 (ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ގާނޫނު) މިގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ފާސްކުރެވިފައިވާ ގދ. މަޑަވެލި ލޭންޑް ޔޫސް ޕްލޭންގެ ކުރެހުން އާންމު ކުރެވިފައިވާ ވާހަކަ އެންމެހާ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.