ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
ފުނަދޫ ސްކޫލްގެ ވޯކްވޭގައި ޕޭމަންޓް ގައު އެޅުމާއި އެތުރުން

މި އިޢުލާންވަނީ 03 މާރިޗު 2025 12:37 ގައި ބާތިލް ކުރެވިފައެވެ.


ފުނަދޫ ސްކޫލް

ށ.ފުނަދޫ

 

 ފުނަދޫ ސްކޫލްގެ ވޯކްވޭގައި ޕޭމަންޓް ގައު އެޅުމާއި  އެތުރުން

      މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 މާރޗް 04 ން 2025 މާރޗް 06އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 ން 13:00އާއި ދެމެދު ސުކޫލަށް ގުޅުއްވާ ނުވަތަ އީ މެއިލް މެދުވެރިކޮށް ނުވަތަ ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.

   މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 މާރޗް 06 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

   މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ2025 މާރޗް 09 ވާ އާދީއްތަ ދުވަހުގެ 10:30 ގައި މިސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް  ވެރިފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީ އާއި  ބަދަލުގައި  ދުރުވާ ފަރާތުގެ އައި.ޑީ. ކާޑުގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

ބީލަން ހުށަހެޅުމާ ހުޅުވުން އޮންނާނީ 2025 މާރޗް 16 ވާ އާދީއްތަ ދުވަހުގެ 13:00 ގައި މި ސްކޫލްގައެވެ. 

މި މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ނޯޓް: ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ  ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.  

އިތުރު މަޢުލޫމާތު ރަސްމީ ގަޑިތަކުގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފުނަދޫ ސްކޫލް / ށ.ފުނަދޫ ، ދިވެހިރާއްޖެ.

ފޯން:     6540540 އީމެއިލް: [email protected]

03 ރަމަޞާން 1445

03 މާރޗް 2025

03 މާރިޗު 2025
ހޯދާ