މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރަން ދަސްކޮށްދިނުމުގެ ކުލާހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

އެކެޑެމިކް އަހަރު 2025 ގައި ކިޔެވުމަށް ހަމަޖެހިފައިވާ ގްރޭޑް 7 ން ފެށިގެން މަތީގެ ފިރިހެން ދަރިވަރުންނަށް ޚާއްސަކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބަންގި ގޮވުމާއި އިމާމުވެ ނަމާދުކުރުމުގެ ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މި ކުލާސްތަކުގައި ކިޔަވައިދެއްވާނީ ތަރާވީޙް ނަމާދުކުރައްވާ 2 ހާފިޡުން ކަމުގައި ދެންނެވީމެވެ.

            ވީމާ، މިކުލާސްތަކުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ދަރިވަރުން 2026 މާރިޗު 6 ވާ ބުރާސްފަތި ދުވަހުގެ 18:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ނަން ނޯޓުކުރެއްވުމަށް ދަންނަވަމެވެ.

 

ފޯމް ލިންކް: https://forms.gle/tPGesK2wFMSTmR3a9

 

            މިހެންވެ، މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

            03 ރަމަޟާން 1446

03 މާރިޗު 2025
ހޯދާ