ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނީލަންކިޔުން
ފުވައްމުލަކުގައި ދަނޑުވެރިކަމުގެ ޤައުމީ ލެބޯރޓަރީ ފެސިލިޓީއެއް ޤާއިމުކުރުމަށް ދަޑިމަގު އަވަށުން (ކުރީގެ މެލަން ހެއްދި ސަރަޙައްދު) ދޫކުރެވުނު ބިމުގައިވާ ރުއްގަހުގެ ތެރެއިން، 01 އިން 116 އަށް ނަންބަރު ޖަހާފައިވާ ރުއްގަހުގެ ނީލަންކިޔުން 2025 މާރިޗު 06 ވާ ބުރާސްފަތި ދުވަހުގެ 9:30 ގައި އެ ސަރަޙައްދުގައި އޮންނާނެއެވެ.
ނީލަމުން މިރުއްތައް ނަންގަވާ ފަރާތުން ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށް ފައިސާ ދެއްކެވުމަށްފަހު، 03 ދުވަހުގެ ތެރޭގައި ރުއްތައް ކަނޑައި ރުކުގެ ބައިތައް އެތަނުން ނަންގަވައި ސާފުކުރަން ވާނެއެވެ.
ވީމާ، މި ނީލަމުގައި ވީހާ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ.
03 މާރިޗު 2025
ހޯދާ