މަދަރުސަތުއް ސުލްޠާނު މުޙަންމަދު ތަކުރުފާނުލް އަޢުޡަމް - ހއ. އުތީމު
ދިވެހިރާއްޖެ
4 ކްލާސްރޫމް، ދަރިވަރުންގެ 6 ފާޚާނާ އިމާރާތް ކުރާނެ ފަރާތެއް ހޯދުން

ހއ. އުތީމު، މަދަރުސަތުއްސުލްޠާނު މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގައި 4 ކްލާސްރޫމް، ދަރިވަރުންގެ 6 ފާޚާނާ އިމާރާތް ކުރާނެ ފަރާތެއް ހޯދުން

މިމަދަރުސާގެ އިޢުލާން ނަންބަރު GS39/2015/12ފ(2 ޖުލައި 2014) އިން ކުރި އިޢުލާނަށް އަންދާސީހިސާބު ހުށަހަޅާފައިވަނީ ދެ ފަރާތުން ކަމަށްވަތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

ހއ.އުތީމު، މަދަރުސަތުއްސުލްޠާނު މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ 4 ކްލާސްރޫމާއި، ދަރިވަރުންގެ 6 ފާޚާނާ (ދެބުރި އިމާރާތް) މިތަނުން ދައްކާ ނަމޫނާއާ އެއްގޮތަށް އަމިއްލަ ތަކެތީގައި އިމާރާތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހއ. އުތީމު މަދަރުސަތުއްސުލްޠާނު މުޙައްމަދު ތަކުރުފާނުލް އަޢުޡަމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

13 އޮގަސްޓު 2015 (ބުރާސްފަތި) 12:00 އަށް

19 އޮގަސްޓު 2015 (ބުދަ) 14:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަތުމަށް ހަމަޖެހިފައެއް ނުވެއެވެ. މިބީލަމަށް ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކާއި، ވިޔަފާރިތަކަށާއި، އަދި އަމިއްލަ ފަރުދުންނަށްވެސް ކުރިމަތިލެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9956998 އަދި 7803989 މޮބައިލް ނަންބަރާއެވެ.                         

18 ޝައްވާލު 1436

03 އޮގަސްޓް 2015
ހޯދާ