ދިވެހިރާއްޖެ
ހޯނޑެއްދޫ ސްކޫލުގެ 5 ކްލާސްރޫމާއި ސްޕްވައިޒަރރޫމް އިމާރާތްކުރުމާ ބެހޭ
ހޯނޑެއްދޫ ސްކޫލުގެ 5 ކްލާސްރޫމާއި ސްޕަވައިޒަރރޫމް 2 ބުރިއަށް ޢިމާރާތްކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
13 އޮގަސްޓު 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 |
24 އޮގަސްޓު 2015 ވާ ހޯމަ ދުވަހުގެ 13:30 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 7983089 ނަންބަރު ފޯނާއެވެ.
އަދި 5 ކުލާސްރޫމާއި ސްޕްވައިޒަރރޫމް 1 ބުރި އިމާރާތަކަށް އެޅުމަށް މީގެ ކުރިން މި ސްކޫލުން 22 ޖުލައި 2015 ގައި ކުރި އިޢުލާން ނަންބަރު IUL)GS203/2015/08) ބާޠިލުކޮށްފީމެވެ.