މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަމަޟާން މަހުގައި އޮފީސް ހުޅުވިފައި ހުންނަ ރަސްމީ ގަޑި
މިކައުންސިލުގެ ނަންބަރު: (IUL)286-CB/286/2023/38، (22 މާރިޗު 2023) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.
ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ ދުވަސްްތަކާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 13:00 ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީ، މިއަހަރުވެސް ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ސަރުކާރު އޮފީސްތައް ހުޅުވިފައި ހުންނާނެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް ކަމުގައި އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
01 ރަމަޟާން 1446
01 މާރިޗު 2025
01 މާރިޗު 2025
ހޯދާ