ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ.

1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ.

1446 ވަނަ އަހަރުގެ ފިޠުރުޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ރަމަޟާން 1446 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1446 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ތިރީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މެދުވެރިކޮށެވެ.

ސުންގަޑިތައް

ޒަކާތް ދެއްކޭނެ ގޮތް

އިދާރާ/ މުއައްސަސާ 

#

27 ރަމަޟާން 1446 ވަނަ ދުވަހުގެ ހެނދުނު 06:00

އެސް.އެމް.އެސް

ދިރާގު އެޕް / ދިރާގު ޕޭ (ވެބްސައިޓް)

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)

1

27 ރަމަޟާން 1446 ވަނަ ދުވަހުގެ ހެނދުނު 06:00

އެސް.އެމް.އެސް

އެމް ފައިސާ (އެޕްލިކޭޝަން)

އުރީދޫ

2

27 ރަމަޟާން 1446 ވަނަ ދުވަހުގެ ހެނދުނު 06:00

ފައިސާ ނެޓް

ފައިސާ މޮބައިލް  (އެޕްލިކޭޝަން)

މޯލްޑީވްސް އިސްލާމިކް ބޭންކް

3

27 ރަމަޟާން 1446 ވަނަ ދުވަހުގެ ހެނދުނު 06:00

ވެބްސައިޓް

ބީ.އެމް.އެލް. މޮބައިލް (އެޕްލިކޭޝަން)

ބޭންކް އޮފް މޯލްޑިވްސް

4

ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

ވެބްސައިޓް

ފަހިޕޭ (އެޕްލިކޭޝަން)

ފަހިޕޭ

5

ރަމަޟާންމަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

ވެބްސައިޓް/ ޕޯޓަލް

ބަނޑޭރިޕޭ

މިނިސްޓްރީ އޮފް ފިނޭންސް

6

 

 

 

 

 

 

 

 

 

 

 

 

 

 

ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ 18:00 އާއި ހަމައަށް ފިޠުރުޒަކާތް ދެއްކޭނެއެވެ. އަދި މީގެ އިތުރުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ރަސްމީގަޑީގައި ކައުންސިލް އިދާރާ އިން ޒަކާތް ދެއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމްތައްވަނީ ހަމަޖެހިފައެވެ. އެހެން އަހަރުތަކާއި ޚިލާފަށް

މިއަހަރު ފިޠުރުޒަކާތް ބެހުމުގެ ހުރިހާކަމެއް ހަމަޖެހިފައިވަނީ ޒަކާތު ހައުސް އިން ކަމަށްވުމާއެކު މަތީގައި ދެންނެވިފައިވާ މުއައްސަސާތައް މެދުވެރިކޮށް ޒަކާތު ފައިސާ ދެއްކުމަށާއި އަދި ކައުންސިލްގެ އެއްވެސް އެކައުންޓަކަށް ޒަކާތު ފައިސާ ޖަމާނުކުރުމަށް ދަންނަވަމެވެ.އަދި ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައިވާތީ ކައުންސިލުން ޒަކާތް ދެއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް ތިރީގައި އެވަނީއެވެ.

 

ގަޑި

ދުވަސް

ތާރީޚް

##

09:30 ން 12:00 އަށް

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު

02 މާރިޗް 2025- 20 މާރިޗް 2025 އަށް

1

10:00 ން 12:00 އަށް.

ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު

21 މާރިޗް 2025- 27 މާރިޗް 2025 އަށް 

 

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު:

#

ބާވަތް

ފައިސާގެ އަދަދު

1

އާދައިގެ ހަނޑޫ

12 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

62 ރުފިޔާ

3

ރަތް ހަނޑޫ

86 ރުފިޔާ

4

ބާސްމަތީ ހަނޑޫ ( އާދައިގެ)

74 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

100 ރުފިޔާ

6

ބާސްމަތީ ހަނޑޫ ( އެންމެ މޮޅު)

133 ރުފިޔާ

7

އާދައިގެ ފުށް

10 ރުފިޔާ

8

އާޓާ ފުށް

75 ރުފިޔާ

                މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.        

28 ފެބުރުވަރީ 2025
ހޯދާ