ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ރަމަޟާން 1446 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1446 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިކައުންސިލް އިދާރާގެ ކައުންޓަރުން ފައިސާ ބަލައިގަތުމާއި އަދި އޮންލައިން ޓްރާންސްފަރ މެދުވެރިކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކުގެ ތަފްސީލް ތިރީގައި އެވަނީއެވެ.
# |
ތާރީޚް |
ދުވަސް |
ގަޑި |
1 |
02 މާރޗް 2025 އިން 20 މާރޗް 2025 އަށް |
ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު |
ހެނދުނު 09:15 އިން 13:00 އަށް |
2 |
23 މާރޗް 2025 އިން 27 މާރޗް 2025 އަށް |
ހުކުރު، ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު |
ހެނދުނު 10:00އިން 12:00 އަށް |
ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ރޭޓްތައް
# |
ބާވަތް |
ފައިސާގެ އަދަދު |
1 |
އާދައިގެ ހަނޑޫ |
12.00 ރުފިޔާ |
2 |
ތައިލެންޑް ހުދު ހަނޑޫ |
62.00 ރުފިޔާ |
3 |
ރަތް ހަނޑޫ |
86.00 ރުފިޔާ |
4 |
ބާސްމަތީ ހަނޑޫ (އާދައިގެ) |
74.00 ރުފިޔާ |
5 |
ބާސްމަތީ ހަނޑޫ (މޮޅު) |
100.00 ރުފިޔާ |
6 |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
133.00 ރުފިޔާ |
7 |
އާދައިގެ ފުށް |
10.00 ރުފިޔާ |
8 |
އާޓާ ފުށް |
75.00 ރުފިޔާ |
ބަރަކާތްތެރި ރަމަޟާންމަހު ކަނޑައެޅިފައިވާ މުއްދަތުގައި ކޮންމެ ފަރާތަކުންވެސް ޒަކާތް ވާޖިބުވާ ސީދާއަދަދަށް ޒަކާތްދެއްކެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. ފިތުރުޒަކާތުގެ ފައިސާ ޓްރާންސްފަރ ކުރަންވަން ބޭނުންފުޅުވާ ބޭފުޅުން ކައުންސިލްގެ 7722700348003 1400ޚަރަދު 1 އެކައުންޓަށް ޖަމާކުރެއްވުމަށްފަހު ސްލިޕް ކައުންސިލްގެ ވައިބަރ ނަންބަރ 7964105 އަށް ފޮނުވައި ދެއްވުން އެދެމެވެ. މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.