ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ގުޅޭ

މިއަހަރުގެ ފިޠުރުޒަކާތް ބަލައިގަތުން ކުރިއަށް ދާނީ 02 ރަމަޟާން 1446 (02 މާރޗް 2025) ވާ އާދިއްތަ ދުވަހުން ފެށިގެން 27 ރަމަޟާން 1446 (27 މާރޗް 2025)ވާ ބުރާސްފަތިދުވަހުގެ ނިޔަލަށެވެ. ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައިވާތީ، ކައުންސިލުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް ތިރީގައި އެވަނީއެވެ.

#

ތާރީޚް

ދުވަސް

ގަޑި

1

 

02 މާރޗް 2025 – 20 މާރޗް 2025

 

ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު


09:30 ން 12:00އަށް

 

2

 

23 މާރޗް 2025 – 27 މާރޗް 2025

 

ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު


09:30 ން 11:00 އަށް

 

 

ކައުންސިލުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ނަޤުދު ފައިސާއިންނެވެ. ކައުންސިލްގެ އެއްވެސް އެކައުންޓަކަށް ޒަކާތު ފައިސާ ޖަމާނުކުރުމަށް ދަންނަވަމެވެ. އޮންލައިންކޮށް ފިޠުރު ޒަކާތް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކަށް ތިރީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް/އިދާރާތައް މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އިސްލާމިކް މިނިސްޓްރީންވަނީ ހަމަޖައްސަވާފައެވެ.

 

#

އިދާރާ / މުއައްސަސާ

ސުންގަޑިތައް

1

ދިވެހި ރާއްޖޭގެ ގުޅުން (ދިރާގު)

27 ރަމަޟާން 1446ގެ ހެނދުނު 06:00

2

އުރީދޫ

27 ރަމަޟާން 1446ގެ ހެނދުނު 06:00

3

މޯލްޑިވްސް އިސްލާމިކް ބޭންކު (އެމް.އައި.ބީ)

27 ރަމަޟާން 1446ގެ ހެނދުނު 06:00

4

ބޭންކް އޮފް މޯލްޑިވްސް

27 ރަމަޟާން 1446ގެ ހެނދުނު 06:00

5

ފަހިޕޭ

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

6

ބަނޑޭރި ޕޭ

ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00

މިއަހަރުވެސް ފިޠުރުޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމެއްގެ ގޮތުން އާންމުކޮށް ކައި އުޅުނު ގޮވާމުގެ ބާވަތްތަކުން 2.4 ކިލޯއެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތަފްޞީލު ތިރީގައި މިވަނީއެވެ.

 

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު

#

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެ ހަނޑޫ

12 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

62 ރުފިޔާ

3

ރަތް ހަނޑޫ

86 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

74 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

100 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

133 ރުފިޔާ

7

އާދައިގެ ފުށް

10 ރުފިޔާ

8

އާޓާ ފުށް

75 ރުފިޔާ

 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ފެބުރުވަރީ 2025
ހޯދާ