ދިވެހިރާއްޖެ
1446 ވަނައަހަރު ރަމަޟާންމަހު ފިތުރުޒަކާތު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަމަޟާން މަހުގެ 02 ވަނަ ދުވަހުން ފެށިގެން 1446 ރަމަޟާން 27 ވަނަ ދުވަހުގެ ނިޔަލަށެވެ. ފިޠުރުޒަކާތް ދެއްކުމަށް އޮންލައިން ޕްލެޓްފޯމްތައް (ބީއެމްއެލް. އެމްއައިބީ، ދިރާގު، އުރީދޫ، ފަހިޕޭ އަދި ބަނޑޭރިޕޭ) އިޚްތިޔާރުކުރުމަކީ ވަރަށްބޮޑަށް އެދެވިގެންވާ ކަމެކެވެ. އޮންލައިން ޕްލެޓްފޯމްތަކުގެ (ބީއެމްއެލް. އެމްއައިބީ، ދިރާގު، އުރީދޫ، ފަހިޕޭ އަދި ބަނޑޭރިޕޭ) ކިއު. އާރު ކޯޑްތައް ހިމެނޭ ޕޯސްޓަރުތައް 02 ރަމަޟާން 1446 ގައި ލައިވްވުމުން ޢާންމުކުރެވޭނެ ވާހަކަ ދަންނަވަމެވެ.
ފިތުރުޒަކާތަށް ދަންކަން ޖެހޭނީ އެމީހަކު އާންމުކޮށް ކައިއުޅޭ ފުށް ނުވަތަ ހަނޑުލުން 2.4 ކިލޯ މިންވަރަށްވާ ފައިސާއެވެ.
އާދައިގެ ހަނޑުލުންނަމަ މީހަކަށް 12.00 ރުފިޔާ
ތައިލެންޑް ހުދު ހަނޑުލުންނަމަ މީހަކަށް 62.00 ރުފިޔާ
ރަތްހަނޑުލުންނަމަ މީހަކަށް 86.00 ރުފިޔާ
ބާސްމަތީ އާދައިގެ ހަނޑުލުންނަމަ މީހަކަށް 74.00 ރުފިޔާ
ބާސްމަތީ މޮޅު ހަނޑުލުންނަމަ މީހަކަށް 100.00 ރުފިޔާ
ބާސްމަތީ އެންމެމޮޅު ހަނޑުލުންނަމަ 133.00 ރުފިޔާ
އާދައިގެ ފުށުންނަމަ މީހަކަށް 10.00 ރުފިޔާ
އާޓާފުށުންނަމަ މީހަކަށް 75.00 ރުފިޔާ
މިކައުންސިލަށް ފިޠުރު ޒަކާތު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓްރާންސްފަރ މެދުވެރިކޮށެވެ ބަރަކާތްތެރި ރަމަޟާންމަހު ކަނޑައެޅިފައިވާ މުއްދަތުގައި ކޮންމެ ފަރާތަކުންވެސް ޒަކާތް ވާޖިބުވާ ސީދާއަދަދަށް ޒަކާތްދައްކަވާ ނިންމެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ. ފިތުރުޒަކާތުގެ ފައިސާ ޓްރާންސްފަރ ކުރަންވަން ބޭނުންފުޅުވާ ބޭފުޅުން ކައުންސިލްގެ 7719700427002 ޚަރަދު 2 އެކައުންޓަށް ޖަމާކުރެއްވުމަށްފަހު ސްލިޕް ކައުންސިލްގެ ވައިބަރ ނަންބަރ 7430055 އަށް ފޮނުވައި ދެއްވުން އެދެމެވެ.