ދިވެހިރާއްޖެ
އިޢުލާން 
ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ
1446 ވަނަ އަހަރުގެ ފިޠުރުޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ރަމަޟާން 1446 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1446 ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ތިރީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މެދުވެރިކޮށެވެ.
| 
 #  | 
 އިދާރާ/ މުއައްސަސާ  | 
 ޒަކާތް ދެއްކޭނެ ގޮތް  | 
|
| 
 1  | 
 ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)  | 
 ދިރާގު އެޕް / ދިރާގު ޕޭ (ވެބްސައިޓް)  | 
 އެސް.އެމް.އެސް  | 
| 
 2  | 
 އުރީދޫ  | 
 އެމް ފައިސާ (އެޕްލިކޭޝަން)  | 
 އެސް.އެމް.އެސް  | 
| 
 3  | 
 މޯލްޑީވްސް އިސްލާމިކް ބޭންކް  | 
 ފައިސާ މޮބައިލް އެކްސް (އެޕްލިކޭޝަން)  | 
 ފައިސާ ނެޓް  | 
| 
 4  | 
 ބޭންކް އޮފް މޯލްޑިވްސް  | 
 ބީ.އެމް.އެލް މޯބައިލް (އެޕްލިކޭޝަން)  | 
 ވެބްސައިޓް  | 
| 
 5  | 
 ފަހިޕޭ  | 
 ފަހިޕޭ (އެޕްލިކޭޝަން)  | 
 ވެބްސައިޓް  | 
| 
 6  | 
 މިނިސްޓްރީ އޮފް ފިނޭންސް  | 
 ބަނޑޭރިޕޭ  | 
 ވެބްސައިޓް / ޕޯޓަލް  | 
ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރުޒަކާތް ދެއްކޭނެއެވެ. އަދި މީގެ އިތުރުން އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ރަސްމީގަޑީގައި އަވަށުއޮފީސްތަކުން ޒަކާތް ދެއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމްތައްވަނީ ހަމަޖެހިފައެވެ. އަދި ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައިވާތީ އަވަށުއޮފީސްތަކުން ޒަކާތް ދެއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް ތިރީގައި އެވަނީއެވެ.
| 
 ގަޑި  | 
 ދުވަސް  | 
 ބާވަތް  | 
 #  | 
| 
 9:30 ން 12:00 އަށް  | 
 ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު  | 
 02 މާރިޗު 2025- 20 މާރިޗު 2025  | 
 1  | 
| 
 11:00 ން 13:00 އަށް  | 
 ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު  | 
 23 މާރިޗު 2025- 30 މާރިޗު 2025  | 
 2  | 
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު
| 
 ފައިސާގެ ޢަދަދު  | 
 ބާވަތް  | 
 #  | 
| 
 12 ރުފިޔާ  | 
 އާދައިގެ ހަނޑޫ  | 
 1  | 
| 
 62 ރުފިޔާ  | 
 ތައިލެންޑް ހަނޑޫ  | 
 2  | 
| 
 86 ރުފިޔާ  | 
 ރަތް ހަނޑޫ  | 
 3  | 
| 
 74 ރުފިޔާ  | 
 ބާސްމަތީ ހަނޑޫ (އާދައިގެ)  | 
 4  | 
| 
 100 ރުފިޔާ  | 
 ބާސްމަތީ ހަނޑޫ (މޮޅު)  | 
 5  | 
| 
 133 ރުފިޔާ  | 
 ބާސްމަތީ ހަނޑޫ( އެންމެ މޮޅު)  | 
 6  | 
| 
 10 ރުފިޔާ  | 
 އާދައިގެ ފުށް  | 
 7  | 
| 
 75 ރުފިޔާ  | 
 އާޓާ ފުށް  | 
 8  | 
ވީމާ، މިކަން ޢަންމުކޮށް އިޢުލާނު ކުރީމެވެ
28 ޝަޢުބާން 1446
27 ފެބްރުވަރީ 2025
