ދިވެހިރާއްޖެ
FSM-ADV/2025/024
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
އިންޖިނިއަރ، ސޮފްޓްވެއަރ |
ޑިޕާޓްމަންޓް/ސެކްސަން: |
އައި.ސީ.ޓީ |
ބޭނުންވާ އަދަދު: |
01 |
މަސައްކަތުގެ ބާވަތް: |
- ސޮފްޓްވެއަރ ސްޕެސިފިކޭޝަންތަކާއި މަޤްޞަދުތައް ކަނޑައެޅުމަށް ބޭނުންވާ ކަންކަން ދެނެގަނެ އެނަލައިޒްކުރުން. - އެޕްލިކޭޝަންގެ އާކިޓެކްޗަރ، ޑޭޓާ މޮޑެލްސް އަދި ޔޫޒަރ އިންޓަރފޭސްތައް ބަޔާންކުރާ ތަފްސީލީ ޑިޒައިން ޑޮކިއުމަންޓްތައް ހެދުން. - އެފް.އެސް.އެމްގެ ބޭނުންތަކަށް ބިނާކޮށް ސޮފްޓްވެއާ އެޕްލިކޭޝަންތައް ނުވަތަ އާ ފީޗާތައް ޑިޒައިންކޮށް ޑިވެލޮޕްކޮށް ތަންފީޒުކުރުން. - ސޮފްޓްވެއާގެ މަސައްކަތްތައް ރަނގަޅަށް ކަށަވަރުކުރުމަށް ކޯޑުގައި ހުރި އުނިކަންތައްތަކާއި، ބަގްތަކާއި، އެރަރތައް ދެނެގަނެ އިޞްލާޙުކުރުން. - ބޭނުންކުރާ ފަރާތްތަކުން ރިޕޯޓުކުރާ މައްސަލަތައް ދެނެގަނެ ޙައްލުކޮށް، އެކަށީގެންވާ ވަގުތެއްގެ ތެރޭގައި އެހީތެރިކަމާއި ޙައްލުތައް ފޯރުކޮށްދިނުން. - ނެޓް ސްޓޭކް ޑިވެލޮޕްމަންޓާއި ނެޓް ޓެކްނޮލޮޖީގެ ތަޖުރިބާލިބިފައިވުން - Azure، AWS ފަދަ ކްލައުޑް ސަރވިސް ޕްރޮވައިޑަރުންގެ ތަޖުރިބާ ލިބިފައިވުން - އެކްސްޕީރިއަންސް އޮބްޖެކްޓް އޮރިއެންޓެޑް ޑިވެލޮޕްމަންޓް އެންޑް ޑޮކިއުމެންޓޭޝަން - މައިކްރޮސޮފްޓް Azure DevOps ނޫނަމަ Microsoft TFS/VSTC, GitHub ގެ ތަޖުރިބާ ލިބިފައިވުން - ސްޓްރަކްޗަރޑް ޑޭޓާ އަދި އެން.އޯ.އެސް.ކިއު.އެލް ޑޭޓާ މެނިޕިއުލޭޝަން ގެ ތަޖުރިބާލިބިފައިވުން - ވެބް ޓެކްނޮލޮޖީތަކުގެ ތަޖުރިބާ ކަމަށްވާASP.NET، ނެޓް ކޯރ، އެޗް.ޓީ.އެމް.އެލް5، ސީ.އެސް.އެސް3، ޖާވާސްކްރިޕްޓް، ޓައިޕްސްކްރިޕްޓް، ޑޮކަރ ގެ ތަޖުރިބާލިބިފައިވުން - ރިއެކްޓް، ވޫ، އެންގިއުލާ، އޭޖޭއޭއެކްސް އަކީ އިތުރު އެޑްވާންޓޭޖަކަށް ވާނެއެވެ. |
ޝަރުތުތައް: |
- ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ސޮފްޓްވެއަރ އިންޖިނިއަރންގ ހާސިލްކޮށްފައިވުން އަދި ސޮފްޓްވެއާ އެޕްލިކޭޝަން ޑިވެލޮޕްކުރުމުގައި މަދުވެގެން ހަތަރު އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. - ކަމާގުޅުންހުރި ޕްރޮގްރާމިންގ ލެންގުއޭޖްތަކުގެ ހުނަރު، ޑޭޓާބޭސް މެނޭޖްމަންޓް ނޮލެޖް، ވާޝަން ކޮންޓްރޯލް. - މައްސަލަ ހައްލުކުރުމުގެ ހަރުދަނާ ޤާބިލުކަމާއި، އިފެކްޓިވް ކޮމިއުނިކޭޝަން އަދި ކޯލަބްރޭޝަން ސްކިލްސް. |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް |
މަޤާމް: |
އޮފިސަރ، އައި.ސީ.ޓީ |
ޑިޕާޓްމަންޓް/ސެކްސަން: |
އައި.ސީ.ޓީ |
ބޭނުންވާ އަދަދު: |
01 |
މަސައްކަތުގެ ބާވަތް: |
- ކުންފުނީގެ އައި.ޓީ.ކަންކަން ބެލެހެއްޓުމުގައި އެހީތެރިވެދިނުން - އައި.ސީ.ޓީގެ ހުރިހާ އިންފްރާސްޓްރަކްޗަރ އާއި ޕްލެޓްފޯމްތައް ބެލެހެއްޓުން - އައި.ޓީ އާ ގުޅުންހުރި އެކިއެކި ކަންކަމާއި މައްސަލަތަކަށް ޙައްލު ހޯދައިދިނުން - ދިމާވާ ސިސްޓަމް އަދި ސޮފްޓްވެއަރ މައްސަލަތައް ހައްލުކޮށް ދިނުން - ކުންފުނީގެ އައި.ސީ.ޓީ ޕްރޮޖެކްޓުތައް ތަޢާރަފުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން |
ޝަރުތުތައް: |
- ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޮލޮޖީ ހާސިލްކޮށްފައިވުން އަދި މަސައްކަތުގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން - ތަފާތު ޑިވައިސްތައް ޓްރަބަލް ޝޫޓްކުރުމުގެ ނޮލޮޖް ލިބިފައިވުން - ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން. |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުނ 03 މާރޗް 2025ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ).
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 /3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
27 ފެބްރުއަރީ 2025