މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ނޯތު ހާބަރ ސަރަޙައްދުގައި ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށް ޑެސްކެއް ބެހެއްޓުމާގުޅޭ

އިޢުލާން

ނޯތު ހާބަރ ސަރަޙައްދުގައި ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށް ޑެސްކެއް ބެހެއްޓުމާގުޅޭ

                ގްރޭޓަރ މާލެ ސަރައްޙައްދުގައި ވަޒީފާ އަދާކުރާ އެންމެހާ ބިދޭސީންގެ ބައޯމެޓްރިކްސް (ފިންގަރޕްރިންޓް އަދި ފޮޓޯ) އަޕްޑޭޓްކުރުމަށް ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، އެން.ސީ.އައި.ޓީ ގައި ޤާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރގެ އިތުރުން ނޯތު ހާބަރގައި ހުންނަ (ދަ ޝޮޓް ހާބަރ ރެސްޓޯރަންޓް) ސަރަހައްދުގައި ، 1446 ވަނަ އަހުގެ ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަތް ދުވަހު ހެނދުނު 9:30 އިން 16:00 އަށް އަދި ރޭގަނޑު 21:30 އިން 23:30 އަށް ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމުގައި ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

‏28‏ ޝަޢްބާން‏ 1446

‏27‏ ފެބްރުއަރީ‏ 2025

27 ފެބުރުވަރީ 2025
ހޯދާ