ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
ނީލަން ކިޔުމާބެހޭ

މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ކޮށްފައިވާ މި އޮފީހުގެ ނަންބަރު (IUL)200-A/200/2025/8 (11 ފެބްރުވަރީ2025 ) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، ދެވަނަ ފަހަރަށް އެ ތަކެތި ނީލަންކިއުމަށް ހުޅުވާލަމެވެ. ނީލަން ކިޔުން އޮންނާނީ 11 މާރިޗް 2025 ވާ އަންގާރަ ދުވަހުގެ 13:00ގައި ބުރުޒު މަގުގައި ހުންނަ މި އޮފީހުގައެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން،
10 މާރިޗު 2025 ވާ ހޯމަ ދުވަހުގެ 13:00 މި ޓުރައިބިއުނަލަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު، ކުންފުނި ނުވަތަ ވިޔަފާރި ނުވަތަ އިންވެސްޓްމަންޓްގެ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއާއިއެކު 11 މާރިޗު 2025 ވާ އަންގާރާ ދުވަހުގެ މެންދުރު 13:00 އަށް މި ޓުރައިބިއުނަލަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

27 ފެބުރުވަރީ 2025
ހޯދާ