މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުގެ ޕްރޮވިޝަނަލް ލައިސެންސް ދޫކުރާ މުއްދަތާއި ގުޅޭ
އިޢުލާން
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ މެޑިކަލް ލައިސެންސިންގ އެގްޒާމް ފުރިހަމަ ކުރަންޖެހޭ ޑޮކްޓަރުންނަށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ދޫކުރަމުންދިއަ ޕްރޮވިޝަނަލް ރެޖިސްޓްރޭޝަންގެ މުއްދަތު 2024 ސެޕްޓެންބަރު 01 އިން ފެށިގެން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ވަނީ ކުރުކުރުމަށް ނިންމާފައެވެ.
ވީމާ، 2025 މާރިޗު 01 ވަނަ ދުވަހުން ފެށިގެން ޕްރޮވިޝަނަލް ރެޖިސްޓްރޭޝަން އަދި ލައިސެންސް ދޫކުރަމުންދާނީ 6 (ހައެއް) މަސް ދުވަހަށެވެ. އަދި 2024 ސެޕްޓެންބަރު 01 އިން 2025 މާރިޗު 01 ވަނަ ދުވަހާއި ހަމައަށް ރެޖިސްޓްރޭޝަން ("ބީ" ކެޓަގަރީ) ދޫކުރެވިފައިވާ ހުރިހާ ޑޮކްޓަރުންނަށް 2025 މާރިޗު 01 ވަނަ ދުވަހުން ފެށިގެން އިތުރު 6 (ހައެއް) މަސް ދުވަސް ދެވޭނެއެވެ.
ވީމާ، މިކަން އަންގާ އިޢުލާން ކުރަމެވެ.
27 ފެބުރުވަރީ 2025
ހޯދާ