ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1446 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ގުޅޭ

1446 ވަނައަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން ހަމަޖެހިފައިވަނީ ރަމަޟާންމަހުގެ 2 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލައް ބަންދުނޫން ކޮށްމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:00 އާއި ދެމެދުގައެވެ. މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ. ޒަކާތް ދައްކަވާނީ ތިރީގައިއެވާ އަގުތަކުންނެވެ.

#

ބާވަތް

ބޮލަކަށްޖެހޭ ފައިސާގެ ޢަދަދު

1

އާދައިގެ ހަނޑޫ

12.00 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

62.00 ރުފިޔާ

3

ރަތްހަނޑޫ

86.00 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

74.00 ރުފިޔާ

5

ބާސްމަތި ހަނޑޫ (މޮޅު)

100.00 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

133.00 ރުފިޔާ

7

އާދައިގެ ފުއް

10.00 ރުފިޔާ

8

އާޓާފުއް

75.00 ރުފިޔާ

 

 

 

 

 

 

 

 

 

 

      ފިޠުރު ޒަކާތް ބަލައިގަތުމައް ހަމަޖެހިފައިވަނީ ނަގުދު ފައިސާއިން އަދި އޮންލައިން ޓްރާންސްފަރ މެދުވެރިކޮށެވެ. އޮންލައިންކޮށްނަމަ ޒަކާތުގެ ފައިސާ ޖަމާކުރާނީ މިއިދާރާގެ 002-700298-7714 (1292 ރެވެނިއު އެކައުންޓް 2) އަށެވެ. ފައިސާ ޖަމާކުރާއިރު، ގޮވާމުގެ ބާވަތާއި، ގޭގެ އެޑްރެސް އަދި މީހުންގެ ޢަދަދު ޓްރާންސްފަރ ސްލިޕްގެ ރިމާކްސްގައި ޖެއްސެވުން އެދެމެވެ. އަދި ޓްރާންސްފަރ ސްލިޕް މިއިދާރާގެ ވައިބަރ ނަންބަރ 7380038 އަށް ފޮނުވައި ދެއްވުން އެދެމެވެ.

27 ފެބުރުވަރީ 2025
ހޯދާ