ދިވެހިރާއްޖެ
ބ.އޭދަފުށީ ކައުންސިލް އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން، މިރަށު މިސްކިތްތައް ސާފުކުރުމުގެ މަސައްކަތް މި އިދާރާއިން ފޯރު ކޮށްދޭ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް (އަގު) ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ކޯޓޭޝަން ހުށަހެޅުން އޮންނާނީ 2025 މާރޗް 4 ވާ އަންގާރަ ދުވަހުގެ 13:30 ގައި ބ.އޭދަފުށީ ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައެވެ. ކޯޓޭޝަން ހުށައެޅުމުށް ހަމަޖެހިފައިވާ ތަނަށް ހާޟިރުވާއިރު ހާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ކޯޓޭޝަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެ ފަދަ ލިޔުމެއް ހުށަހަޅަންވާނެއެވެ.
ކޯޓޭޝަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހެޅޭ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ކޯޓޭޝަން ބަލައި ނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަ ނުވާ ކޯޓޭޝަން ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.