ދިވެހިރާއްޖެ
އިޢުލާން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: 4/2024 (4 ފެބުރުވަރީ 2024) ދެންނެވުމުގައި 1445 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުން އެމަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ވަނީ ހަމަޖައްސަވާފައެވެ.
ވީމާ، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، މޯލްޑިވްސް ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް އަދި މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ދެވޭ ޚިދުމަތް މެދުކެނޑިގެންދާނެތީ، ރަމަޟާން މަހުގެ ފަހު ދިހައެއްގައި ރެޖިސްޓްރޭޝަން އަދި ލައިސެންސް ހަމަވާ ހެލްތު ޕްރޮފެޝަނަލުން 2025 މާރިޗު 09 ވަނަ ދުވަހުގެ ކުރިން ލައިސެންސް އައު ކުރުމަށް ގުޅުން ހުރި ކައުންސިލަށް ހުށަހެޅުއްވުމަށް އެދެމެވެ.
އެގޮތުން ކައުންސިލަށް ހުށަހަޅާ އެންމެހައި ލިޔެކިޔުންތައް ހުށަހަޅަން ވާނީ ޞިއްޙީ ވުޒާރާގެ ވަރޗުއަލް ކައުންޓަރ counter.health.gov.mv މެދުވެރިކޮށެވެ.