މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާން މަހުގައި މުލީ ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ކުނިނެގުމާބެހޭ:

އިޢުލާން

 

                   ރަމަޟާން މަހުގައި މުލީ ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ކުނިނެގުމާބެހޭ:

1446 ވަނަ އަހަރު ރަމަޟާން މަހުގެ 02 ވަނަ ދުވަހުން ފެށިގެން ޝައްވާލް މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މުލީ ވޭސްޓްމެނޭޖްމަންޓް ސެންޓަރގެ ފަރާތުން ކުނިނެގުމަށް ހަމަޖެހިފައިވަނީ ރަށް ދެބައަކަށް ބަހާލައިގެންނެވެ.

މިގޮތުން ފުރަތަމަދުވަހު ކުނިނަގާނީ ހަވީރީ ހިނގުމުގެ ދެކުނުން ހުރި ގޭގެތަކުންނެވެ. އަދި ދެވަނަ ދުވަހު ކުނިނަގާނީ ހަވީރީ ހިނގުމުގެ އުތުރުން ހުންނަ ގޭގެތަކުންނެވެ. އަދި ބަދިގޭކުނި އެޅުމަށް ރަށުގެ އިރުމަތީފަރާތާއި ހުޅަނގު ފަރާތުގައި ޑަސްޓްބިންތައް ބެހެއްޓިފައި ހުންނާނެވާހަކަ ދަންނަވަމެވެ. ޑަސްޓްބިންތަކަށް ކުނިއަޅުއްވާއިރު ދަޅާއި ކޮތަޅު ފަދަތަކެތި ނޭޅުއްވުމަކީ މި ކައުންސިލްގެ ވަރަށްބޮޑު އެދުމެއް ކަމުގައި ދެންނެވީމެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

27 ފެބުރުވަރީ 2025
ހޯދާ