ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"އާޓް-ޕޮޑްގޮޓޮވްކާ" އިން "ކާރޓިނާ މީރާ" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

ރަޝިއާގެ ކަލިނިންގްރާޑްގައި ހުންނަ ޓްރެޓިޔަކޯވް ގެލެރީގައި މި އަހަރު ޖޫންމަހުގެ 12 އިން 15 އަށް ނޮން-ޕްރޮފިޓް ޖަމިއްޔާއެއްކަމަށްވާ "އާޓް-ޕޮޑްގޮޓޮވްކާ" އިން "ކާރޓިނާ މީރާ" ގެ ނަމުގައި މުބާރާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ. މި ބައިނަލްއަޤްވާމީ މުބާރާތުގައި ދިވެހިރާއްޖޭގެ ފަންނާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

މި މުބާރާތުގައި 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަންނާނުންނަށް ބައިވެރިވެވޭނެއެވެ. މީގެ އިތުރުން ޖުމްލަ 3 ކެޓެގެރީއެއް ހިމެނެއެވެ. އޭގެތެރޭގައި ކުރެހުމާއި، ގްރެފިކްސް އަދި ޑިޖިޓަލް އާޓް އަށް ވަނީ ބަހާލެވިފައެވެ. އަދި މި މުބާރާތުގެ ޝިއާރަކީ "ދުނިޔޭގެ އިންސާނީ ޘަޤާފަތުގެ ބައެއްގެ ގޮތުގައި އަޅުގަނޑުގެ ޤައުމުގެ އަސާސްތައް" އެވެ.  މީގެ އިތުރުން މި މުބާރާތުގެ ކެޓަގަރީތަކުން އެއްވަނަ އަށްދާ ފަރާތްތަކަށް ރަޝިއާ އަށް ދަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ދަތުރަށް  ހިނގާ ޚަރަދުތައް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސަވާނެއެވެ. އަދި ވަނަވަނައަށް ހޮވޭ ކުރެހުންތައް ޖޫން މަހުގެ 12 އިން 15 އަށް ރަޝިއާގެ ކަލިނިންގްރާޑްގައި ހުންނަ ސްޓޭޓް ޓްރެޓިޔަކޯވް ގެލެރީގައި ބެހެއްޓުމަށް ވަނީ ހަމަޖެހިފައިވެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 1 މާރޗް 2025 އެވެ.

މި މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު އަދި ބައިވެރިވެރިވުމަށް އެޕްލިކޭޝަން ފޯމު ތިރީގައިވާ ލިންކު މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ. އަދި ދަންނަވަމެވެ. މި މުބާރާތުގައި ބައިވެރިވެލައްވާ ފަރާތަކުން އެކަން [email protected] އަށް މެއިލްކުރައްވާ މި ސެންޓަރަށް ހިއްސާކޮށްދެއްވުން އެދި ދެންނެވީމެވެ.

 

https://kartinamira.art/en

26 ފެބުރުވަރީ 2025
ހޯދާ