ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - ސީނިއަރ ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް ކޮލިޓީ ކޮންޓްރޯލް އޮފިސަރ

މި ކޯޕަރޭޝަންގެ ނަންބަރު (IUL)RDC-HRM-RDC-2025-11 އިޢުލާނުގެ ތިރީގައިމިވާ މަޤާމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ މަޤާމަށް އަލުން އިޢުލާން ކުރަމެވެ.

 މަޤާމް:

 ސީނިއަރ ޕްރޮޖެކްޓް މޮނިޓަރިންގ އެންޑް ކޮލިޓީ ކޮންޓްރޯލް އޮފިސަރ

 ބޭނުންވާ އަދަދު:

 02 (ދޭއް)

 މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

 ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ އޮފިސަރ - ގްރޭޑް 1

 އަސާސީ މުސާރަ:

 މަހަކު -/7,000 ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 -  ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 -  އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 -  އެހެނިހެން އެލަވަންސް: -2800/ރ

 -  އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ   ދެވޭނެއެވެ.

 މީގެ އިތުރަށް ޕްރޮފެޝަނަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 އިންސައްތަ،   މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން   މަތީ ސަނަދެއް ޙާސިލުކޮށްފައިވާނަމަ ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ހެޑް އޮފީސް. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

 ފެންވަރު ނުވަތަ ޝަރުތު:

 -  މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ގެ ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުން   ނުވަތަ،

 - މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު   މަދުވެގެން 01 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،

 -  ޖީ.ސީ.އީ އޯލެވެލް ނިންމާފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02   އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 ވަޒިފާގައި ކުރަންޖެހޭ   މައިގަނޑު މަސައްކަތްތައް:

 -  މަސައްކަތުގެ ފެންވަރާއި ހަރަދުތައް ބެލެހެޓުން

 -  މަސައްކަތް ހަވާލުކުރި ފަރާތާއި، ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކަށް މުޢާމަލަތްކުރުން

 -  މަސައްކަތުގެ ތާވަލް ބެލެހެއްޓުން

 -  މަސައްކަތަށް ބޭނުންވާ ތަކެތި ގަތުމުގެ ކަންކަމާއި އެތަކެތި ކަނޑައެޅިފައިވާ ވަގުތުތަކަށް   ސައިޓަށް ފޯރުކޮށްދެވޭކަން ކަށަވަރުކުރުން

 -  ކަނޑައެޅިފައިވާ ވަގުތާއި ބަޖެޓަށް ބެލުން

 -  ސައިޓުތަކުގައި ކަންހިނގާގޮތް ބެލުން

 -  ކުރިއަށްދާމިންވަރާއި ގޮންޖެހުންތައް ރިޕޯޓުކުރުން

 -  ސަބްކޮނޓްރެކްޓަރސް މެނޭޖްކުރުން

 -  މަސައްކަތާއި ގުޅޭ މަޢުލޫމަތު އެމަސައްކަތެއްގައި ބޭނުންކުރުން

 -  ވަށައިގެންވާ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމަށް ރައްކައުތެރި ވުމަށް ހަނދާންކޮއްދިނުން

 -  މަސައްކަތް ހަވާލުކުރާ ފަރާތައި ޕްރޮޖެކްޓް ޓީމްއާއި ދެމެދު ރަނގަޅަށް މުޢާމަލާތް ހިނގުން

 -  މަސައްކަތް ފެށުމުގެ ކުރިން ހޯދަންޖެހޭ މަޢުލޫމަތު ހޯދާ އެއްކުރުން.

 ސުންގަޑި: 

 -   މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 06 މާޗު 2025   ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ   މިކޯޕަރޭޝަންގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ މެއިލް[email protected]  އަށް   ފޮނުއްވުން އެދެމެވެ.

 -   ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން   ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް   ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި   އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން   ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް   އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ނުވަތަ އެ މަޤާމަކާއި ގުޅޭ ލިޔުން ހުށަހަޅަން ޖެހޭ މަޤާމުތަކުގެ ލިޔުންތައް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިން މަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް. (މުއްދަތު ހަމަނުވާ)

 އިންޓަވިއު:

 މި މަޤާމަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ މާޗު މަހުގެ ތާރީޚެއްގައެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން   އެދެމެވެ.

27 ޝައުބާން 1446

26 ފެބުރުވަރީ 2025
ހޯދާ