ދިވެހިރާއްޖެ
(IUL)MMPRC-PROC/1/2025/12 :ނަންބަރު
އިޢުލާން
2025 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 28 ން މެއި 1 ވަނަ ދުވަހުގެ ނިޔަލަށް ޔޫ.އޭ.އީގެ ދުބާއީގައި އޮންނަ އޭ.ޓީ.މް ފެއަރގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ނައިޓް އަދި ދިވެހި ރާއްޖޭގެ ސްޓޭންޑްގައި ދިވެހި ރާއްޖެ ތަމްސީލް ކޮށް މިޔުޒިކު ހުށަހަޅާދޭނެ ދިވެހި މިޔުޒިކް ބޭންޑެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2025 މާރިޗް 6 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 އަށް، ހ. ޒޮނޭރިޔާގެ ހަތަރުވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2025 މާރިޗް 13 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
27 ޝަޢުބާން 1446ހ.