ދިވެހިރާއްޖެ
ނަމްބަރ: GS138/IUL/2025/P06
އިޢުލާން
މި ސުކޫލްގެ އޭސީ ސާވިސް ކުރުމަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު
އަމިއްލަ ތަކެތީގައި މިސުކޫލްގެ 05 އޭސީ ސާވިސްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓު މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތުސާފުކުރުމަށް ބޭނުންފުޅުވާނަމަ 06 މާރިޗު 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން 6601002 ނުވަތަ 9994824 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 09 މާރިޗު 2025 ވަނަ ދުވަހުގެ 13:00 އަށް މިސުކޫލަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.