ވަޒީފާގެ ފުރުސަތު
 | 
| 
 މަޤާމް: 
 | 
 މުނިސިޕަލް އިންސްޕެކްޓަރ 
 | 
| 
 ބޭނުންވާ ޢަދަދު: 
 | 
 01 (އެކެއް) 
 | 
| 
 މަޤާމުގެ ގިންތި އާއި މުއްދަތު: 
 | 
 1 އަހަރު (ވަގުތީ) 
 | 
| 
 މަޤާމުގެ ނަންބަރު: 
 | 
 MS192 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން: 
 | 
 އައްޑޫސިޓީ ކައުންސިލްގެ އިދާރާ، ހިތަދޫ އަވަށު އޮފީސް 
 | 
| 
 މުސާރަ: 
 | 
4465/- ރުފިޔާ | 
| 
 ސަރވިސް އެލަވަންސް: 
 | 
 1500/- ރުފިޔާ 
 | 
| 
 އެހެނިހެން އެލަވަންސް: 
 | 
- މިނިމަމް ވޭޖްގެ ގޮތުގައި އެ ރޭންކަކަށް ދިނުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދުން ލިބޭނަމަ، އެ އަދަދު ހަމަކުރުމަށް މިނިމަމް ވޭޖް އެލަވަންސް ހަމަޖައްސައިދެވޭނެ.
 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 
 
 | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 
 | 
- ފިހާރަ ފިހާރައިގެ ކުޑަދޮރުން މުދަލާއި ތަކެތި ނެރެފައި ބެހެއްޓުމާއި، ފިހާރައިގެ ދޮރުން ބޭރުގައި މަގުމައްޗަށްވާ ގޮތަށް މުދަލާއި ތަކެތި ބެހެއްޓުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން. 
 
- ތިމާވެށި ޙިމާޔަތް ކުރުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
 
- ވަގުތީގޮތުން މަގު ބަންދުކުރުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
 
- އާންމުތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެޔަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
 
- ގޭގޭގެ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
 
- މަގުފާރާއި އިންފާރު ތަޅާލުމާބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
 
- މަގުމަތި ކުނިކެހުމާބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
 
- އޮޑިހަރުގެއާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
 
- ގޭގެއިން މަގު ހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން. 
 
-  ކަނޑުތޮށީގައްޔާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއި، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
 
-  ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާ ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން. 
 
-  މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާއިބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން. 
 
-  އާންމު އުނދަގުލާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.  
 
-  ރަށުގެ ޢާންމު ތަންތަނުގައި މުނިފޫހި ފިލުވުމުގެ ހަރަކާތްތަށް ބޭއްވުމާއިބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
 
-  ރަށާއި ގުޅިފައިވާ ކަނޑުގައި ނުވަތަ ރަށުގެ ޢާންމު ތަންތަނުގައި ފިލްމު ނަގަން ހުއްދަ ދިނުމާއި ފީނެގުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
 
-  ކުނިއުކާލުމާއި ކުނި ނައްތާލުމުގެ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
 
-  މަގުމަތީގައި އިޢުލާނާއި އިޝްތިހާރު ހަރުކުރުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
 
-  އައްޑޫގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެހި ދުއްވުމާއި ބޭނުންކުރުމާބެހޭ ގަވާއިދާއި، މަގުމަގާއި އާންމު ތަންތަނުގައި ޕާކްކުރުމާއި ޕާކްކުރުމުގެ ފީ ނެގުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.  
 
-  މަގުމަތި ކުނިކެހުމުގެ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.  
 
-  ގޯތި ގެދޮރާއި އިމާރާތްކުރުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
 
-  ގޭގޭ ފާރުގައި ކުރަހާފައި ހުންނަ ތަކެއްޗާއި ލިޔެފައި ހުންނަ ތަކެތި ފޮހެ ސާފުކުރުމާއި ބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
 
-  އައްޑޫގައި ގާޑީޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރި ކުރުމާއި އެކަންކަމަށް ފީ ނެގުމާއިބެހޭ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
 
-  އައްޑޫގައި ޖަނަވާރު އަދި ދޫނި ސޫފާސޫފި ގެންގުޅުމުގެ ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
 
-  އައްޑޫ ސިޓީ ކައުންސިލްގެ އެހެނިހެން ޤަވާޢިދު ތަންފީޒުކުރޭތޯ ބެލުން.
 
- އައްޑޫ ސިޓީ ކައުންސިލްގެ އެހެނިހެން ޤަވާޢިދުތަކުގެ ތެރެއިން ކައުންސިލުން ކުރަންޖެހޭ ކަންކަން މޮނިޓަރކޮށް ބެލެހެއްޓުން މީގެ އިތުރުން ކައުންސިލުން ކަނޑައަޅާ މަސައްކަތްތަށް މޮނިޓަރކޮށް ބެލެހެއްޓުން.
 
 
 | 
| 
 މަޤާމުގެ ޝަރުތުތައް: 
 | 
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
 ނުވަތަ، 
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
 ނުވަތަ، 
- ގްރޭޑް 10 ނިންމާފައިވުން
 ނުވަތަ، 
- ލިޔަން ކިޔަންދަތުމާއެކު، މަޤާމުގެ މަސްޢޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތަޖުރިބާއާއި ހުނަރު ހުރި (ލޯ އެންފޯސްމަންޓް / ފަޔަރ އެންޑް ރެސްކިއު / މުނިސިޕަލް / ސުޕަވައިޒަރ ފަދަ) ދާއިރާތަކުގެ 01 އަހަރުގެ ތަޖުރިބާ ލިބިފައިވުން އަދި އުމުރުން 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހަކަށްވުން.
 
  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
  
  
  
  
 | 
- ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
 ފޯމުގެ ލިންކް: https://adducity.gov.mv/uploads/1557727304.pdf 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައިޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.
 
-  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
 (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
  | 
| 
 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
- އަސާސީ ޝަރުތު ހަމަވުމުން - %40
 
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމް - %5
 
- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ - %5
 
- އިންޓަރވިއު - %50
 
 
މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ. 
ނޯޓް: މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ. 
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 މާރިޗު 04 ވާ އަންގާރަ ދުވަހު 13:30  ގެ ކުރިން، ހިތަދޫ އަވަށު އޮފީހަށެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ބަލައިގަނެވޭނެއެވެ. 
 | 
| 
 އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު: 
 | 
 މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2025 މާރިޗު 05 އާއި 2025 މާރިޗު 13 އާ ދެމެދު، ހިތަދޫ އަވަށު އޮފީހުގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 
 | 
| 
 ޝޯޓް ލިސްޓްކުރުން: 
 | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 
 | 
| 
 އިތުރު މަޢުލޫމާތު ހޯދުން 
 | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885753 ނަންބަރު ފޯނާއެވެ. 
 | 
| 
 27 ޝައުބާން 1446 
26 ފެބުރުވަރީ 2025 
 |