ދިވެހިރާއްޖެ
1- މި ސްކޫލުންދޭ މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މި ސްކޫލުގެ ތިން ކްލާސްރޫމެއްގެ ތަޅުން އުސްކޮށް މުށި ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މި ސްކޫލުގެ ނަންބަރ GS11/IUL/2025/05 ( 11 ފެބުރުއަރީ 2025 ) އިޢްލާނާ ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައިނުވާތީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު، މިކަމަށް ޝަރުތު ހަމަވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
2- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިތުރު މައުލޫމާތު ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ. ބީލަންފޮތް މި އިއްލާނާ އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. .
3- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2025 ފެބުރުއަރީ 27 ން 2025 މާރިޗު 06 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ
ކުރިން ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަކޮށް ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތް ތަކަށެވެ.
"ބިޑް ރަޖިސްޓްރޭޝަން ފޯމް" ގެ ލިންކް: http://bit.ly/42QbxJu
4 - މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2025 މާރިޗް 12 ވާ ބުދަ ދުވަހުގެ ކުރިން ތިރީގައިވާ މެއިލް އެޑްރެހަށް
ފޮނުއްވުން އެދެމެވެ.
5- މި ބީލަމާގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 2025 މާރިޗް 16 ވާ އާދީއްތަ ދުވަހު 13:00 ގައި މި ސްކޫލުގެ މީޓިން ރޫމުގައެވެ.
6 - ބީލަން ހުށަހެޅުމާ ހުޅުވުން އޮންނާނީ 2025 މާރިޗު 19 ވާ ބުދަ ދުވަހުގެ 13:00 ގައި މި ސްކޫލުގެ މީޓިން ރޫމުގައެވެ.
7 - އިތުރު މައުލޫމާތު ރަސްމީ ގަޑީގައި ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހެނބަދޫ ސްކޫލު ، ނ. ހެނބަދޫ/ ދިވެހިރާއްޖެ
ފޯނު، 6560571
އީމެއިލް: [email protected]