ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމު:

އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމުގެ ނަންބަރު:

J-233462

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ވަގުތީ (03 މަސް)

މަޤާމުގެ ރޭންކު:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލައިބްރަރީ ސަރވިސް ޔުނިޓް / ޤައުމީ ކުތުބުޚާނާ

މުސާރަ:

މަހަކު 4,465.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 700.00 ރުފިޔާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސާރކިއުލޭޝަން ކައުންޓަރުގެ މަސައްކަތް ކުރުން (މެނުއަލްކޮށް/ސޮފްޓްވެއަރ ބޭނުންކޮށްގެން ފޮތްބަލައިގަނެ ދޫކުރުން، ރިޒާވް ކުރުން). އަދި ކައުންޓަރަށް މަޢުލޫމާތު ހޯދަން އަންނަ ފަރާތްތަކަށް މަޢުލޫމާތުދިނުން.
  2. މެމްބަރޝިޕް ރެޖިސްޓްރޭޝަން ހަދައިދިނުން.
  3. ލައިބްރަރީއަށް އަންނަ ސިޓީފަދަ ތަކެތި ބަލައިގަނެ، އެޑްމިން އެންޑް އެޗް.އާރު ޔުނިޓަށް ފޮނުވުން.
  4. ލައިބްރަރީއަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވެ، އެކަމަކާ ގުޅުންހުރި ޔުނިޓަކަށް ޕާސްކުރުން.
  5. ދުވަހުން ދުވަހަށް ތަފާސް ހިސާބުތައް ރިކޯޑް ކުރުން.
  6. ކުތުބުޚާނާއަށް ލިބޭ ފައިސާ ބަލައިގަނެ ވަގުތުން ރަސީދު ހަދާ އޭގެ ރެކޯޑް ބެލެހެއްޓުން.
  7. މާއްދާ ކަރުދާސް (ސަބްޖެކްޓް ގައިޑު) ދިވެހި ބަހުގެ ކަރުދާސް، މަސްވެރިކަންމުގެ ކަރުދާސް އެކުލަވާލައި އާއްމުކުރުން.
  8. ލައިބްރަރީގެ ޚިދުމަތްދޭ ކަލެކްޝަންތައް ބެލެހެއްޓުމަށް ޙަވާލު ކުރެވިފައިވާ އުސޫލުން ޑިއުޓީ އަދާކުރުން.
  9. ކަސްޓަމަރުންނަށް ބޭނުންވާ މައުލޫމާތު ހޯދައިދިނުމަށް އެހީތެރިވުން.
  10. ހަރުތަކުގައި ހުންނަ ފޮތް، މަޖައްލާ ފަދަ ތަކެތީގެ ކޯލްނަންބަރާއި އެއްގޮތަށް ތަރުތީބުކޮށް ބެލެހެއްޓުން. އަދި ހަލާކުވެފައި ހުންނަ ތަކެތި ޙަވާލު ކުރަންޖެހޭ ފަރާތަށް ޙަވާލު ކުރުން.
  11. ފިނިއަށި އިފްތިތާހުކުރުން އަދި 13 އަހަރާ 18 އަހަރާ ދެމެދުގެ ކުދިންގެ ފޮތް ކިޔުމުގެ މުބާރާތް ކުރިއަށް ގެންދިއުން.
  12. ކަސްޓަމަރުންނަށް ފޮޓޯކޮޕީއާއި ސްކޭނިންގގެ ޚިދުމަތް ދިނުން.
  13. ކަސްޓަމަރުންގެ ފަރާތުން ދިމާވާ މައްސަލަތައް ޙައްލު ކުރުން. އަދި ދިމާވާ މައްސަލަތައް ސްޕަވައިޒަރަށް ރިޕޯޓް ކުރުން.
  14. ކަސްޓަމަރުން ބޭނުންވެގެން އެދޭ ފޮތްތަކުގެ ތެރެއިން ލައިބްރަރީގެ ކަލެކްޝަންގައި ނުހުންނަ ތަކެއްޗާއި އަދި ކަސްޓަމަރުން ހުށަހަޅާ ޚިޔާލު ނޯޓްކޮށް ސުޕަވައިޒަރަށް ރިޕޯޓްކުރުން.
  15. ލައިބްރަރީ އިން ހިންގާ ތަފާތު ސާރވޭތައް ކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  16. ލައިބްރަރީގެ ސްޓޮކަށް އިތުރުވަމުންދާ ފޮތްތަކާއި އަދި ޚާއްސަ ދުވަސްތަކުގެ ޑިސްޕްލޭ ތައްޔާރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވުން.
  17. ދިވެހިރާއްޖެގެ އިންފްރާސްޓަކްޗަރއާއި ގުޅުންހުރި ފޮތް، މަޖައްލާތަކުގެ މަޢުލޫމާތުތައްހޯދާ ބިބިލިއޮގަރަފިކް ޑާޓާ އެއްކުރުން. އަދި މިސަބްޖެކްޓްތަކުން ރިސަރޗްކުރުން.
  18. ރާއްޖޭގެ ޕީރިއޮޑިކަލްސްތަކުގެ އިންޑެކްސްކުރުން.
  19. ލައިބްރަރީގައި ލިބެންހުރި ނޫސް މަޖައްލާ ތަކުގެ ޑިސްޕްލޭ ކުރުން.
  20. ލައިބްރަރީގެ އޯޕެކް ބޭނުންކުރާނެ ގޮތުގެ ޕްރެޒެންޓޭޝަންއެއްހަދާ އެޔަށް އަޑުއެޅުމަށްފަހު އެޔަށް އާންމުން ހޭލުންތެރިކުރުވުން.
  21. ލައިބްރަރީގެ ފަރާތުން އިންތިޒާމްކުރާ ކޯސް، ޓްރޭނިންގ ޕްރޮގްރާމް، ވޯރކްޝޮޕް، ޖަލްސާ، ސެމިނަރ އަދި މިނޫންވެސް މިފަދަ ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެއްބާރުލުން ދިނުން.
  22. ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔުން.
  23. ޔުނިޓަށް ބޭނުންވާ ޕްރޮސީޖަރތައް އައިޑެންޓިފައިކޮށް ޔުނިޓް ހެޑަށް އެންގުން.
  24. މަސައްކަތާއިގުޅޭ ހުރިހާ މުއާމަލާތްތައް ލިޔުމުން މުވާޞަލާތު ކުރުން، މިގޮތުން އީމެއިލުން މުޢާމަލާތުކުރުމަށް ސަމާލުކަން ދިނުން، ޤަވާއިދުން އީމެއިލް ޗެކްކޮށް އީމެއިލް ތަކަށް ރިޕްލައި ކުރުން.
  25. މަސައްކަތާއި ގުޅުންހުރި ކަންކަމުގައި އީމެއިލް އަދި ސޯޝަލް މީޑިއާ ބޭނުންކުރުން.
  26. ހަވާލުކުރެވިފައިވާ މަސައްކަތާއި ގުޅިގެން އޮފީސް ތަމްސީލްކުރުން.
  27. އޮފީހުގެ މަސައްކަތް އިތުރަށް ރަގަޅުކުރެވޭނެ ގޮތާއި މެދު ބިނާކުރަނިވި ހިޔާލު ފާޅުކުރުން.
  28. އޮފީހުން އިންތިޒާމްކޮށް އަދި މީގެ އިތުރުން ހޯދައިދޭ ޓްރޭނިންގ ފުރުސަތުތަކުގައި ބައިވެރިވުން.
  29. އެންމެހާ ލިޔުންތަކުގެ ފައިލް އަދި ނެޓްވާކް ފައިލްސް ބެލެހެއްޓުން.
  30. މަސައްކަތުގެ މަންތްލީ، ވީކްލީ، އަދި ޑެއިލީ ޕްލޭންއެއް ހެދުން.
  31. މުވައްޒަފުންނާއި ކަސްޓަމަރުންނަށް މުއާމަލާތްކުރުމުގައި ރިވެތި އަދަބާއި ލާމަސީލު ނަމޫނާއަކަށްވުން.
  32. މުވައްޒަފުންނާއި ކަސްޓަމަރުންގެ މަޢުލޫމާތުތަކަށް ރައްކާތެރިވެ ސިއްރު ހިފެހެއްޓުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކެ އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3  ޙާޞިލްކޮށްފައިވުން

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ނެތް

ޕްރިފަރޑް ޑިސިޕްލިން

ނެތް

ކޯ ޑިސިޕްލިން

ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

އެޑްމިނިސްޓްރޭޝަން

މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި މަސައްކަތު ތަޖުރިބާ.
  • ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ފޮނުއްވާނީ 5 މާރިޗް 2025 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން، ޤައުމީ ކުތުބުޚާނާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީމެއިލް ކުރައްވާނަމަ އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު ، ފައިލުގައި އެޕްލިކޭޝަން ހުށައަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 09 މާރިޗް 2025 އާއި 10 އޭޕްރީލް 2025 އާ ދެމެދު، ޤައުމީ ކުތުބުޚާނާގެ (މިއުޒިއަމް ބިލްޑިންގ އޭ) މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3007200 އަށެވެ. އީ-މެއިލް ކުރާނީ[email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

25 ފެބުރުވަރީ 2025
ހޯދާ