ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ އިރުއުތުރުން ދަނޑުވެރިކަންކުރުމަށް އެލްޔޫޕީގައި ކަނޑައެޅިފައިވާ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުން

އިޢުލާނު

ތ.ތިމަރަފުށީ އިރު އުތުރުން، ދަނޑުވެރިކަން ކުރުމަށް އެލްޔޫޕީގެ 69.4 ބްލޮކުގައި ކަނޑައެޅިފައިވާ ސަރަހައްދުން 1.2 ނަންބަރު ޖަހާފައިވާ ބިން 15 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، ބިން ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

#

ކުއްޔަށް ދޫކުރާތަނުގެ ނަން/ނަންބަރު

ހުށަހެޅޭނޭ އެންމެ ކުޑައަގު

ކުއްޔަށް ދޫކުރާ ބިމުގެ ބޮޑުމިން (އަކަފޫޓުން)

1

އެލްޔޫޕީ ބްލޮކް ނަންބަރު 69.4 (1.2 ބިން)

0.15 ލާރި އަކަފޫޓަކަށް

35000.00 (ތިރީސް ފަސްހާސް) އަކަފޫޓް

ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

ރަޖިސްޓްރީކުރުން: 

ރަޖިސްޓްރީކުރުން އޮންނާނީ 25 ފެބްރުއަރީ 2025 ވާ އަންގާރަ ދުވަހުން ފެށިގެން 04 މާރޗް 2025 ވާ އަންގާރަ ދުވަހުގެ ނިޔަލަށް  (ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 9:00 ން 14:00 ކަށް). ރަޖިސްޓްރީ ކުރުމަށް އެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.  އަދި މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ރަޖިސްޓްރޭޝަން ފީ 

ބިޑް ރަޖިސްޓްރީ ކުރެވޭނީ ހުށަހަޅާ ކޮންމެ ބިޑަކަށް -/400ރ ހަތަރު ސަތޭކަ ރުފިޔާ) އަށެވެ. 

 އޮންލައިންކޮށް ފައިސާ ދެއްކެވުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އަދި ރަޖިސްޓްރޭޝަން ފޯރމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރިމާކްސްގައި އިޢުލާން ނަންބަރ ޖަހަންވާނެއެވެ. 

 އެކައުންޓް ނަންބަރު: 7725700323001

- އެކައުންޓް ނަން: 1441 REVENUE 1

- އީމެއިލް: [email protected]

- ފޯން : 6780675

:ޕްރީބިޑް މީޓިން 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 04 މާރޗް 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން މެއިލް ކުރެއްވުން އެދެމެވެ.  އީމެއިލް އެޑްރެހަކީ [email protected]

: ބިޑް ހުށަހެޅުން

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 10 މާރޗް 2025 ވާ ހޯމަދުވަހުގެ 10:59 ގައި

އެހެނިހެން ކަންކަން؛ 

  •  ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. 
  • ރަޖިސްޓްރީ ނުކުރާ ފަރާތްތަކުންނާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ. 
  • ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެފަރާތެއްގެ ނަމުގައި 1 (އެކެއް) ބިޑެވެ.
  • މި ބިޑާއި ގުޅޭ އެންމެހާ ލިޔެކިޔުން، ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.  ބިޑާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. 
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.

އިތުރު މަޢުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780675 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

25 ފެބުރުވަރީ 2025
ހޯދާ