ދިވެހިރާއްޖެ
އިޢުލާން
އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ސިނަމާއެއް ޤާއިމުކޮށް ޚިދުމަތް ދިނުމަށްޓަކައި 01 ބިން ކުއްޔަށް ދޫކުރުން
އައްޑޫސިޓީ ހިތަދޫ އަވަށުގެ ކޮމާޝަލް ޒޯން ސަރަޙައްދުން ސިނަމާއެއް ހިންގުމަށް ބިން ކުއްޔަށް ހިފަން ޝައުޤުވެރިވެލައްވާ ރަޖިސްޓްރީ ކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
| 
 #  | 
 އަވަށް  | 
 ބިމުގެ ބޮޑުމިން  | 
 ކުއްޔަށް ދޫކުރާ ބޭނުން  | 
| 
 1.  | 
 ސ.ހިތަދޫ  | 
 6000 އަކަފޫޓު  | 
 ސިނަމާއެއް ޤާއިމުކޮށް ޚިދުމަތް ދިނުމަށް  | 
މި ބިމުގެ ބީލަން ކާމިޔާބު ކުރެވޭ ފަރާތަކަށް، ބިން ކުއްޔަށް ދޫކުރާއިރު މިބިމާއި އިންވެގެން އޮތް 3609 އަކަފަޓޫގެ ބިމުގައި ޕާކެއް ތަރައްޤީކުރުމަށްޓަކައި ބިން ޙަވާލުކުރެވޭނެއެވެ.
ބީލަމުގައި ބައިވެރިވުމާއި، މަޢުލޫމާތު ކަރުދާހާއި، ބީލަން ހުށަހަޅާ ފޯމް ދޫކުރުމާއި އަދި ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވާގޮތް:
| 
 #  | 
 ތަފްޞީލް  | 
 ތާރީޚް، މުއްދަތު އަދި ގަޑި:  | 
| 
 ބީލަމުގައި ރަޖިސްޓްރީވުން / ބައިވެރިވުން  | 
 ބީލަމުގައި ރަޖިސްޓްރީވުމަށް 300.00 (ތިންސަތޭކަ) ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް، ދެވިފައިވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަން ގަތުމަށް ބޭނުންވާ ކުލީ ބިމުގެ ނަންބަރު، ބީލަން ގަންނަ ފަރާތުގެ ނަން، އެޑްރެސް، ގުޅޭނެ ނަންބަރު، އީ-މެއިލް އެޑްރެސް އެނގޭނެހެން މިއިދާރާގެ[email protected] އަށް ރިކުއެސްޓްކޮށް، ފައިސާ ޑިޕޮޒިޓް ކުރުމަށްފަހު، ފައިސާ ޖަމާކުރި ކަމުގެ ސްލިޕް މެއިލް ކުރަންވާނެއެވެ.  | 
 26 ފެބްރުއަރީ 2025އިން 06 މާރިޗް 2025 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00އިން 13:00އަށް  | 
| 
 މަޢުލޫމާތު ކަރުދާސް އާއި ބީލަން ފޯމް ދޫކުރުން  | 
 ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށްޓަކައި ދެވޭ މަޢުލޫމާތު ކަރުދާސް އަދި ބީލަން ހުށަހަޅާ ފޯމް މިއިދާރާއިން މެއިލް ކުރާނެއެވެ. 
  | 
 26 ފެބްރުއަރީ 2025އިން 06 މާރިޗް 2025 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00އިން 13:00އަށް  | 
| 
 ބީލަން ހުށަހެޅުން  | 
 ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ. 
  | 
 10 އޭޕްރީލް 2025ވާ ބުރާސްފަތި ދުވަހުގެ 10:00  | 
މި ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ މަޢުލޫމާތާއި ހުށަހެޅޭ ބީލަންތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މި ބިން ހިމެނޭ ބިމުގެ ޗާޓު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ ނަންބަރު 6885003 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. ވީމާ، މިކަން ޢާންމުކޮށް އިޢުލާނުކުރީމެވެ.
26 ޝައުބާން 1446ހ.
25 ފެބްރުއަރީ 2025މ.
