މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއަށް އިންތިޙާބުކުރާ އާންމު މެންބަރުންގެ މަޤާމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

މިލަދުންމަޑުލު ދެކުނުބުރީ މާފަރު ކައުންސިލުގެ 143 ވަނަ އާންމު ބައްދަލުވުމުން ފާސްކޮށްފައިވާ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސް ކުރާނެ ކޮމެޓީއެއް އެކުލަވާލުމުގެ އުސޫލުގެ 5 ވަނަ މާއްދާގެ ދަށުން ކޮމެޓީއެއް އެކުލަވާލުމަށްޓަކައި އެ މާއްދާގެ (ށ) ގެ 2 ވަނަ އަދަދުގައި ބަޔާންކުރާ ފަދައިން، ނ. މާފަރުގެ އާންމު ރައްޔިތުން ތަމްސީލް ކުރާ 05 (ފަހެއް) މެންބަރުން އިންތިޙާބުކުރަން ބޭނުންވެއެވެ.

ވީމާ، ތިރީގައިވާ ޝަރުތުތައް ހަމަވާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 އޭޕްރިލް 2025 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މި އިދާރައަށް ހުށަހެޅުއްވުންއެދެމެވެ.

 

ކޮމެޓީ މެންބަރުންގެ ޝަރުތުތައް؛

(ހ) ދިވެހި ރައްޔިތެއްކަމުގައިވުން

(ށ) މާފަރުގެ ރަށްވެއްސަކަށްވުން

(ނ) މި މަސައްކަތުގައި ގިނަ ވަގުތު އުޅެވޭނެ މީހަކުކަމުގައިވުން

(ރ) އަމިއްލަ ނަމުގައި ނުވަތަ އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި ގޯއްޗެއް ނުވަތަ ފްލެޓެއް ރެޖިސްޓްރީކޮށްފައި އޮތުން

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

25 ފެބުރުވަރީ 2025
ހޯދާ