ދިވެހިރާއްޖެ
އިޢުލާން ނަންބަރު: (IUL)386/386/2025/25
އިޢުލާން
ތ. ގުރައިދޫ ރަށޮފަންނުގެ ދެކުނުކޮޅުގައިވާ ބިން ކުއްޔަށް ދޫކުރުން
މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާ ކުރެހުމުގައި ފާހަގަ ކޮށްފައިވާ 1 ނަންބަރު ބިން، އަކަފޫޓަކަށް -/15 (ފަނަރަ) ލާރިއަށް ވުރެ ކުޑަނުވާގޮތަށް ކުއްޔަށް ދޫކުރަން ބޭނުންވާތީ، ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 02 މާރިޗު 2025 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 02 މާރިޗު 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
އެޑްރެސް: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ފޯން: 6780715
އީމެއިލް އައިޑީ: [email protected]
ބީލަން ހުޅުވުން އޮންނާނީ 04 މާރިޗު ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހެޅުމަށް ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
26 ޝަޢުބާން 1446
25 ފެބުރުވަރީ 2025