އދ. އޮމަދޫ ސްކޫލް
ދިވެހިރާއްޖެ
ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް (ސެން) ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު

ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް (ސެން) ޓީޗަރ

ބޭނުންވާ އަދަދު

02 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

އޮފީސް

އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ސްކޫލް

ސެކްޝަން

އެކަޑަމިކް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން

އދ.އޮމަދޫ ސްކޫލް

ޔުނިޓް

 

މަޤާމްު

ރޭންކް

ކްލެސިފިކޭޝަން

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ސީނިއަރ ޓީޗަރ  

CS15-5

ސްކޫލް ޓީޗަރ  ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.   10640  2500       

 

    

 

 

 

    
 CS15-4 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.   10320
 CS15-3  ޓީޗަރުންގެ ވަޒީފާގެ  އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.  10100

CS15-2

  • ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން. އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. ނުވަތަ
  • ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ސަނަދުތައް ވެލިޑޭޓްކޮށްފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.
 10640
ޓީޗަރ

 

 

 

 

  

CS13-5

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

9850

 CS13-4

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.   9360
 CS13-3 ސްކޫލް ޓީޗަރ  ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS13-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.   8890
CS13-2  ސްކޫލް ޓީޗަރ  ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެންމަތީ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޓްކޮށްފައިވުން އަދި ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.   10320
 CS11-5 ސްކޫލް ޓީޗަރ  ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން އަދި ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.   8250

CS11-4

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7840

CS11-3

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

7450

CS11-2

ސްކޫލް ޓީޗަރ

ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓްކޮށްފައިވުން އަދި ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.

9109

CS9-5

ސްކޫލް ޓީޗަރ

ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS9-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. 6750

 CS9-4

 ސްކޫލް ޓީޗަރ ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS9-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 3 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.   6410 

 CS9-3

 ސްކޫލް ޓީޗަރ ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS9-3 ރޭންކުގައި މަދުވެގެން 3 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 3 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.    6090

CS9-2

 ސްކޫލް ޓީޗަރ ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން.    8440

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް:

އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސަކީ ސްކޫލް ޓިޗަރުންގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ސަނަދު ހާސިލުކޮށްފައިވާ ފަރާތްތަކަށް ދެވޭ އެލަވަންސެކެވެ. މި އެލަވަންސްގެ ގޮތުގައި ދެވޭނީ، ތިރިގައި މިވާގޮތަށް، އަސާސީ މުސާރައިގެ ކަނޑައެޅިފައިވާ އިންސައްތައާ އެއްވަރުގެ އަދަދެކެވެ.

މުސާރައިގެ އިންސައްތަ

ސަނަދު

30%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން.

25%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް އޮތުން.

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް އޮތުން.

15%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް އޮތުން.

20%

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް އޮތުން.

ޚާއްޞަ ތަޢުލީމު ދިނުމަށް ބޭނުންވާ ޓީޗަރުންގެ ޝަރުޠުތައް:

1- ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ ޓީޗަރެއްގެ ޝަރުޠު ފުރިހަމަވުން، އަދި

2- ތިރީގައިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން:

  • ޚާއްޞަ ތަޢުލީމު ދިނުމަށް ބޭނުންވާ ރޮނގުން ނުވަތަ އިންކްލޫސިވް އެޑިޔކޭޝަންގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  • ޚާއްޞަ ތަޢުލީމު ދިނުމުގެ ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަންގެ ރޮނގުން ކިޔަވައިދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓަރީކޮށްފައިވާ ސްކޫލެއްގައި، ޚާއްޞަ ތަޢުލީމުގެ ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަން ކުލާހެއްގައި 1 (އެކެއް) އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކިޔަވައިދިނުމާއި، އެ މުއްދަތުގައި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކްލާހަށް ކިޔަވައިދިނުން.
  2. މާސްޓަރ ޓައިމްޓޭބަލްގައި ކަނޑައެޅިފައިވާ ގަޑިތަކަށް ކުލާހަށް ހާޒިރުވެ ކިޔަވައިދިނުން.
  3. ޙަވާލުކުރެވޭ ކޯކަރިކިއުލާ ޙަރަކާތްތައް ދުވަހުން ދުވަހަށް ރާވައި ހިންގުން.
  4. ދަރިވަރުންގެ ކުރިއެރުމަށްޓަކައި އިތުރު ގަޑިތައް ނަގައިދިނުމާއި، ގަޑިތައް ރަނގަޅަށް ގެންދިޔުމަށްޓަކައި ޓީޗަރެއްގެ ހައިސިއްޔަތުން ފުރިހަމަ ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5.  ދަރިވަރުންގެ ކުރިއެރުމަށް ފުންކޮށް، ފުޅާކޮށް ވިސްނުން ބަހައްޓައި ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.
  6. ކިޔަވައިދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ސްކޫލުން އަންގާ ގޮތެއްގެ މަތީން ގެނައުމާއި، ކިޔަވައިދިނުމުގައި ސްކޫލުން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުން.
  7. ކުލަބު ނުވަތަ ހައުސްއެއް ހިންގުމަށް ޙަވާލުކުކުރެއްވިއްޖެންމަ އެޒިންމާއެއް އަދާކުރުން.
  8. ސްކޫލްގެ މެނޭޖްމަންޓުގެ ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޓީމް މެމްބަރެއްގެ ގޮތުގައި ޙަރަކާތްތެރިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް:

1- ޓީޗިން ހައްދަވާފައިވާ ބޭފުޅެއްކަމުގައި ވުމާއެކު ޚާއްޞަ ތަޢުލީމު ދިނުމަށް ބޭނުންވާ ރޮނގުން ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަން ހަދާފައިވާ ޓީޗަރެއްކަމުގައިވުން.

2- ޕްރައިމަރީ އަދި ސެކަންޑަރީ ގްރޭޑެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒިފާއަށް އެދޭ ފޯމު

2- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ)

3- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

4- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5- ލިބިފައިވާ ތަޖުރިބާގެ ލިޔުންތައް

އުޖޫރައާއި ޢިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ސިވިލް ސަރވިސް މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. މީގެ އިތުުރުން ލީޑިންގ ޓީޗަރުންނަށް އެއްވުމަށް ހަމަޖެހިފައިވާ ޓެނުއަރޝިފް އެލަވަންސް ލިބޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯން: 6680840

                 އީމެއިލް: [email protected]

ސުންގަޑި: މިމަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2015 އޮގަސްޓު 13 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަތީގައި ބަޔާންކޮށްފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:   މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަރވިޔު ކުރުމަށްފަހުގައެވެ. އިޢުލާންގެ މުއްދަތު ހަމަވާތާ 06 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ އދ.އޮމަދޫ ސްކޫލްގައެވެ.

     ވަޒީފާއަށް އެދޭ ފޯމު ރަސްމީ ގަޑީގައި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.

18 ޝައްވާލު 1436

 

03 އޮގަސްޓް 2015
ހޯދާ