އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަތުރުވެރިންނަށް ޚާއްޞަ ކުރެވިފައިވާ ގޮނޑުދޮށް ސާފުކޮށްދޭނެ ފަރާތެއް ހޯދުން (2ވަނަ):

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 

ފަތުރުވެރިންނަށް ޚާއްޞަ ކުރެވިފައިވާ ގޮނޑުދޮށް ސާފުކޮށްދޭނެ ފަރާތެއް ހޯދުން (2ވަނަ):

މިރަށުގެ ފަތުރުވެރިންނަށް ޚާއްޞަ ކޮށްފައިވާ ގޮނޑުދޮށް ސަރަޙައްދު 03 އަހަރު ދުވަހުގެ މުއްދަތަ ސާފުކޮށް ބަލަހައްޓާ ދޭނެ ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތަށް ސައުޤުވެރިވާ ފަރާތްތަކަށް އަގު (ކޯޓޭޝަން) ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި އިޢުލާނާ  ގުޅިގެން (IUL)342/INDIV/2025/2 ނަމްބަރު އިޢުލާންވަނީ ބާޠިލް ކުރެވިފައެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • މި މަސައްކަތާއި ގުޅިގެން މަޢުލުމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް ޙާއްސަކޮށްގެން ބާއްވާ ބައްދަލުވުން 02 މާރިޗު 2025 ވާ އާދީއްތަ ދުވަހުގެ  11:00 ގައި މި ކައުންސިލްގައި އޮންނާނެއެވެ.   
  • މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކީގައި ޢާންމުކޮށްފައިވާނެއެވެ.  
  • މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 03 މާރިޗު 2025 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލަށެވެ.
  • މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ އަގު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ކޯޓޭޝަން ހުށައެޅުން

 

  • ކޯޓޭޝަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 6 މާރިޗު 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ކޯޓޭޝަން ބަލައިނުގަނެވޭނެއެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                        26 ޝައުބާން 1446

                     25 ފެބުރުވަރީ 2025                 

25 ފެބުރުވަރީ 2025
ހޯދާ