މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. މިލަންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ މަގުބައްތިތައް ބަލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ބިޑު ހުށަހެޅުމުގެ ދަޢުވަތު

 

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ށ. މިލަންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ މަގުބައްތިތައް ބަލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.
  2. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. މިމަސައްކަތަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި، ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003)  ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމާޢަތްތަކަށެވެ.
  3. މިބީލަމާއިގުޅިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ނޯންނާއެވެ. ބިޑާއި ގުޅިގެން ބޭނުންވާ މަޢުލޫމާތާއި އަގުހުށަޅާ ފޯމުތައް ގެޒެޓު ލިންކުން ލިބިލައްވާނެއެވެ.
  4. ބިޑު ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 މާރޗް 04 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގައި މިއިދާރާގެ މީޓިންގ ރޫމުގައެވެ. ބިޑު ހުށަހަޅާއިރު، ބިޑު އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ ބިޑެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބިޑު ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބިޑުތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 10:00 ގައެވެ.
25 ފެބުރުވަރީ 2025
ހޯދާ