ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި މަދަރުސާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދުމަށް ކުރި GS-81/IUL/2015/23ފ(16 ޖުލައި 2015) އިޢުލާން ގެޒެޓުގައި ޝާއިޢުކުރެވިފައި ނެތުމުގެ ސަބަބުން، އެ އިޢުލާން ބާޠިލުކޮށްފައި، އަލުން އިޢުލާން ކުރަމެވެ.
1 (އެކެއް) |
ބޭނުންވާ އަދަދު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމު: |
||
ތިލަދުންމަތީ އުތުރުބުރީ ވަށަފަރު |
ވަޒީފާ އަދާކުރަންޖެހޭ ރަށް: |
ވަށަފަރު މަދަރުސާ |
އޮފީސް: |
||
މަހަކު -/1،500 ރުފިޔާ |
ސަރވިސް އެލަވަންސް: |
މަހަކު -/4،465 ރުފިޔާ |
މުސާރަ: |
||
ޖީ. އެސް. 3 (އޮފިސަރ ގްރޭޑް 1) |
ރޭންކާއި، ކްލެސިފިކޭޝަން: |
119799 |
މަޤާމުގެ ނަންބަރު: |
||
ދާއިމީ |
މަޤާމުގެ ބާވަތް: |
އިދާރީ |
ސެކްޝަން: |
||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
||||
ސަރވިސް އެލަވަންސް |
މަޤާމުގެ އަސާސީ މުސާރަ | ޝަރުޠު | ރޭންކް |
މަޤާމު |
|
=/1500 |
=/4465 | މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ ސިވިލް ސަރވިސް ޓްރެއިނިންގ އިނިސްޓިޓިއުޓުން ހިންގާ އޮފީސް އެޑްމިނިސްޓްރޭޝަންކޯސް ފުރިހަމަ ކޮށްފައިވުން. |
GS 3 |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
އުޖޫރައާއި ޢިނާޔަތްތައް:
- އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- މެރިޓް އުސޫލުން އެންމެ މަތީ މާކުހެއް ލިބޭ ފަރާތެއް
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ ސިފަތައް.
އިންޓަރވިއު ކުރުން:
ހ. އިޢުލާންގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 03 ދުވަހުގެ ތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަރވިއު އޮންނާނީ، މިމަދަރުސާގައެވެ.
ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ ރިޝެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑް ކުރެވޭނެއެވެ.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ނަގާފައިވާ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މި މަދަރުސާގެ ރިސެޕްޝަނަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އޮގަސްޓު 11 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިއެވެ.
ވީމާ، މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމާއި، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު 2015 އޮގަސްޓު 11 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މި މަދަރުސާއަށް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ރަސްމީގަޑީގައި މި މަދަރުސާގެ 6500538 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
17 ޝައްވާލް 1436