ދިވެހިރާއްޖެ
މިއޮތޯރިޓީގެ ސްޓާފް ޕްރޮމޯޝަން ޕޮލިސީ އަދި ސްޓާފް ޕަރފޯމަންސް މެނޭޖްމަންޓް ސިސްޓަމް ރިވިއުކޮށް، އައު ޕޮލިސީ އަދި ސިސްޓަމް ތައް ފަރުމާކުރުމަށް ހިއުމަން ރިސޯސް ކޮންސަލްޓެންސީ ގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް (ލޯކަލް) ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، ޝައުގުވެރިވާ ފަރާތުގެ ނަން، ގުޅޭނެ ފަރާތުގެ ތަފްޞީލް މަޢުލޫމާތު (ނަން މަޤާމް، އީމެއިލް އަދި ފޯނު ނަންބަރު) އިގޭނެ ގޮތަށް [email protected] ގެ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް ފަހު ތިރީގައި ބަޔާންކޮށްފައިވާ ތާވަލް އާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައި ރަޖިސްޓްރީ ވެފައިވާ ކުންފުނި، ޕަރޓްނަރޝިޕް ނުވަތަ ސަރުކާރު ހިއްސަވާ ކުންފުނިތަކަށެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
06 މާރިޗު 2025 |
ބުރާސްފަތި |
11:00 |
ޕްރީ-ބިޑް ބައްދަލުވުން |
10 މާރިޗު 2025 |
ހޯމަ |
10:00 |
އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި |
13 މާރިޗު 2025 |
ބުރާސްފަތި |
11:00 |
އީމެއިލް އިން ޖަވާބު ދިނުމުގެ ސުންގަޑި |
18 މާރިޗު 2025 |
އަންގާރަ |
12:00 |
އަންދާސީ ހިސާބު ހުށަހެޅުން |
07 އެޕްރީލް 2025 |
ހޯމަ |
11:00 |
މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރް.އެފް.ޕީ ރަޖިސްޓްރީވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އެނގޭނެ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.