ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ސްކޫލުގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.
އެސިސްޓެންޓް ކޮމްޕިޔުޓަރ ޓެކްނީޝަން |
މަޤާމް |
ޖީ. އެސް. 4 |
މަޤާމުގެ ރޭންކް |
އޮފިސަރ ގްރޭޑް 2 / އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ 2 |
މަޤާމުގެ ކްލެސިފިކޭޝަން |
1 (އެކެއް) |
ބޭނުންވާ އަދަދު |
223309 |
މަޤާމުގެ ނަންބަރު |
ވިލުފުށި / ވިލުފުށީ ސްކޫލް، އެޑްމިން ސެކްޝަން |
ވަޒިފާ އަދާ ކުރަންޖެހޭ ރަށް/ އޮފީހާއި، ސެކްޝަން |
- މުސާރަ: -/5020 ރުފިޔާ - ސަރވިސް އެލަވަންސް: -/1500 ރުފިޔާ އިތުރުގަޑި: އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ. |
މުސާރައާއި ޢިނާޔަތްތައް |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛ - ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ ޝަރުޠު |
- ކޮމްޕިއުޓަރުތަކާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން. - ސްކޫލުގެ ކޮމްޕިއުޓަރުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. - ސުކޫލުގެ ނެޓްވޯރކް ބެލެހެއްޓުން. - ސުކޫލުގެ އިންޓްރާނެޓް ބަލަހައްޓައި އަޕްޑޭޓްކުރުން. - އެންޓިވައިރަސް އަޕްޑޭޓްކުރުން. - ކަނޑައެޅިފައިވާ އުޞޫލުން ކްލާސްތަކަށް ކޮމްޕިއުޓަރ ކިޔަވައިދިނުން. - ހަފުތާއަކު އެއްފަހަރު ކޮމްޕިއުޓަރުތައް ސްކޭންކޮށް ޑީފްރެގްމެންޓްކުރުން. - ރީސައިކަލް ބިން ހުސްކުރުން. - ކޮމްޕިއުޓަރުތަކުގެ ކޮންޑިޝަން ޗެކްކުރުން. - ބޭނުން ނޫން ފައިލްތައް ނައްތާލުން. - އެއްވެސް ކޮމްޕިއުޓަރަކަށް މައްސަލައެއް ދިމާވެއްޖެނަމަ، ލަސްނުކޮށް ވެރިއަކަށް ދަންނަވައިގެން އެ މައްސަލަ ޙައްލުކުރުން. - ކޮމްޕިއުޓަރުތައް މަރާމާތުކުރުމާއި، މާލެ ފޮނުވުމަށާއި ގެނައުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން. - އިންޕޮމޭޝަން ޓެކްނޮލޮޖީގެގޮތުން ސްކޫލަށް ހޯދޭ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން. - ސްކޫލުގެ ކޮމްޕިއުޓަރުތައް އެއްތަނުން އަނެތްތަނަށް ބަދަލުކުރުމުގެ ކުރިން ވެރިއަކަށް ދެންނެވުން. - ބާވެގެން ނުވަތަ ހަލާކުވެގެން ބޭނުންނުކުރެވޭ ތަކެތީގެ ލިސްޓް ތައްޔާރުކޮށްފައި ސްކޫލުގެ އޮފީހަށް ހުށަހަޅަމުން ގެންދިއުން. - މަސައްކަތު މީހުންގެ އެހީއާއެކު ކޮމްޕިއުޓަރުތައް ފޮހެ ސާފުކޮށް ބެލެހެއްޓުން. - މަތީ ޘާނަވީ ކުދިންނަށް އިންޓަރނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ކަންތައްތައް ރޭވުމާއި، ކުދިން އިންޓަރނެޓްގެ ޚިދުމަތް ހޯދާއިރު އެކަން މޮނިޓަރކޮށް، އެޚި ދުމަތް ލިބިގަންނަނީ ހެޔޮގޮތުގައިތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅުއެޅުން. - ސްކޫލުގެ ބެލް ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކޮށް، ބަރާބަރަށް ބެލްޖެހޭނޭގޮތް އިންތިޒާމުކުރުން. - ސްކޫލުން ހިންގާ ހަރަކާތްތަކާއި ބާއްވާ ބައްދަލުވުންތަކަށް ސައުންޑް ތައްޔާރުކުރުމާއިި، ފޮޓޯނެގުމާއި، މޫވީކުރުމުގެ ކަންތައްތައް ކުރުން. - އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ސްކޫލުގެ މުވައްޒަފުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިވުން. - އޯޑިއޯ ވިޝުއަލްއާ ގުޅޭތަކެތި ބެލެހެއްޓުން. - ކޮމްޕިއުޓަރ ލެބާ ގުޅޭގޮތުން އިދާރާއިން ހަމަޖައްސާ އުސޫލުތައް ތަންފީޒުކުރުމުގައި އިސް ދައުރެއް އަދާކުރުން. - ކޮމްޕިއުޓަރ ލެބްގެ ކޮމްޕިއުޓަރުތަކުގައި ޓީޗަރުން ރައްކާކުރާ ޓެސްޓް ޕޭޕަރުތައް ފަދަ މުހިންމު ލިޔުންތައް ސިއްރުކޮށް، އެހެން ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު ނުދިނުން. - ޖަލްސާތަކާއި ބައްދަލުވުންތަކުގައި ސައުންޑް ސިސްޓަމް ބޭނުންކުރަން ޖެހިއްޖެނަމަ، އެކަން އިންތިޒާމުކުރުން. - އިދާރީގޮތުން އެހީތެރިވުން. - ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން. - ސްކޫލުގައި ދިމާވާ ބޮޑެތި ކަންތައްތަކާއި މަސައްކަތްތަކުގައްޔާއި، ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. |
މަޤާމުގެ މަސްއޫލިއްޔަތު
|
- ތަޢުލީމާއި ތަމްރީން. - މަސައްކަތުގެ ތަޖުރިބާ. - އިންޓަވިއު. - ކޮމްޕިއުޓަރުގެ މަސައްކަތަށް އަހުލުވެރިވެފައިވާ މިންވަރު. - ގިނަވަގުތު ހިވާގިކަމާއެކު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. - މުޢާމަލާތުކުރުމުގެ ހުނަރު. |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ތ. ވިލުފުށީ ސްކޫލުގެ އޮފީހަށް. |
ތަކެތި ހުށަހަޅަންވީ ގޮތް |
ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އޮގަސްޓު 16 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން. |
ސުންގަޑި |
- މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2015 އޮގަސްޓުމަހުގެ ތާރީޚެއްގައި ތ. ވިލުފުށީ ސްކޫލުގައެވެ. - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. |
އިންޓަވިއު ކުރުން |
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ވަޒީފާއަށް އެދޭ ފޯމް، ވިލުފުށީ ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.) - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. - ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) - މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. - މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
ހުށަހަޅަންޖެހޭ ތަކެތި |
އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ސްކޫލުގެ 7940633 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |
އިތުރު މަޢުލޫމާތު |
19 ޝައްޥާލް 1436 |