ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދަޢުވަތު

ޙާފިޡުންގެ ދަސްވެނިވުމަށް ގައުން އަދި ތާކިހާ ފެހުމުގެ މަސައްކަތް ކުރުމާގުޅޭ

ކީރިތި ޤުރްއާން ހިތުދަސްކޮށް ސަނަދު ޙާސިލްކޮށްފައިވާ ފަރާތްތަކަށް  ބޭއްވުމަށް ހަމަޖެހިފައިވާ، ޙާފިޡުންގެ ދަސްވެނިވުމަށް  ގައުން އަދި ތާކިހާ ފެހުމުގެ މަސައްކަތް ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ފެބުރުވަރީ 27 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މައުލޫމާތު ސާފުކުރުމަށް މި މަރްކަޒަށް ވަޑައިގަތުމަށް ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށައެޅުމާއި ހުޅުވުން އޮންނާނީ 2025 މާރިޗު 05 ވާ ބުދަ ދުވަހުގެ 10:00 ގައި މަރުކަޒުގެ އިދާރާގައި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ނުވަތަ އެފަރާތްތަކުން ކަނޑައަޅާފައިވާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ. ބިޑް މީޓިންގ ގައި އެއްވެސް ޑޮކިއުމަންޓަކަށް އުނިއިތުރެއް ގެނައުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި ޚިދުމަތް ދިނުމަށްއެދި ބީލަން ހުށައެޅޭނީ ވިޔަފާރި ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެވިޔަފާރި، ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއް ގައެވެ. ސިޓީއުރައިގެ ބޭރުގައި "ޙާފިޡުންގެ ދަސްވެނިވުމަށް  ގައުން އަދި ތާކިހާ ފެހުމުގެ މަސައްކަތް ކުރުމަށް" މިހެން ލިޔެފައި އޮންނަން ވާނެއެވެ. މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅު ވެލައްވާނަމަ، ރަސްމީ ގަޑީގައި މި މަރުކަޒުގެ 3019340/3019300 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ބީލަމާގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް

ޕްރޮކިޔުމަންޓް ސެކްޝަން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒު

ފޯން: 3019340/3019300

އީ-މެއިލް: [email protected]

24 ފެބުރުވަރީ 2025
ހޯދާ