ދިވެހިރާއްޖެ
މި އިޢުލާންވަނީ 24 ފެބުރުވަރީ 2025 15:18 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ކޮމާޝިއަލް ގުދަނެއް އިމާރާތްކޮށް ހިންގުމަށް ބިން ކުއްޔަށް ދޫކުރުން
ލ.މުންޑޫ އިން ކޮމާޝިއަލް ގުދަނެއް ހިންގުމަށް ބިންކުއްޔަށް ދިނުމަށް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޗާޓްގައިވާ ސަރަހައްދުން 1000 ( އެއް ހާސް) އަކަފޫޓުގެ ބިމެއް 25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފީމެވެ.
މިބިން ކުއްޔަށް ހިފުމަށް ބިޑް ފޯމް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، ތިރީގައިވާގޮތުގެމަތިން ބިޑު ގަނެ ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
މުއްދަތު |
ގަޑި |
ތަން |
ބިޑް ފޯމް ވިއްކުން (ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 2000.00 ރުފިޔާއަށް ) |
24 ފެބްރުއަރީ 2025 ވާ ހޯމަ ދުވަހުން ފެށިގެން 09 މާރޗް 2025 ވާ އާދީއްތަ ދުވަހަށް |
ރަސްމީ ކޮންމެ ދުވަހެއްގެ 10:00 ފެށިގެން 12:30 |
މުންޑޫ ކައުންސިލްގެ އިދާރާއިން |
ޕްރީބިޑް މީޓިން |
10 މާރޗް 2025 ވާ ހޯމަ ދުވަހު |
ހެނދުނު 10:00 |
މުންޑޫ ކައުންސިލްގެ އިދާރާ( ބިޑް ރަޖިސްޓްރީ ވެފައި އަދި ބީލަން ފޮތަށް ރުފިޔާ ދައްކާފައިވާ ފަރާތްތަކަށް މެއިލްކުރެވޭނެއެވެ. |
ބިޑު ހުށަހެޅުން ( ޕްރޮޕޯސަލް ހުށަހެޅުން ) |
20 މާރޗް 2025 ވާ ބުރާސްފަތި |
ހެނދުނު 13:00 |
މުންޑޫ ކައުންސިލްގެ އިދާރާ |
މި ބިޑް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްފޯމް ބައްލަވައިގަތުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ލ.މުންޑޫ ކައުންސިލްގެ އިދާރާއަށް ނުވަތަ އިދާރާގެ [email protected] މެއިލް ކުރެއްވުން އެދެމެވެ. ބިޑް ގަތުމަށް އެދޭ ފޯމު ލ.މުންޑޫ ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.އަދި މިއިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
މި ބިމުގައި އަމިއްލަ ޚަރަދުގައި ވިޔަފާރިކޮށް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށް ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ.
ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/2000ރ (ދެހާސްރުފިޔާ) އަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަބުރާދެވޭ ފައިސާއެއް ނޫނެވެ
މިހެންވެ މިކަންޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.