ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ހެދުމަށް ހަމަޖެހިފައިވާ ހިތްފަސޭހަ މައިޒާން ހެދުމަށް ހަމަޖެހިފައިވާ ބިމުން ކަނޑާފައިވާ ރުއްގަހުގެ ފަނާއި ކާށި ގަބުޅީގެ އަދި ރުއްގަހުގެ ނީލަން ކިއުން 25 ފެބުރުއަރީ 2025 ދުވަހުގެ ހެނދުނު 9.00 ފެށިގެން އެސަރަހައްދުގައި އޮންނާނެއެވެ. ނީލަމަށް ހާޒިރުވާނީ އާމިނާ ދިޔޯ ސިއްހީމަރުކަޒުގެ ހުޅަނގު ފަރާތު މަގަށެވެ.
މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ތަކެތީގެ އަގު 25 ފެބުރުއަރީ 2025 ދުވަހުގެ 13.00 ގެ ކުރިން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލް އިދާރާގެ 7714700413001 ގެ ނަމްބަރ އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރެއްވުމަށްފަހު ޓްރާންސްފަރ ކުރި ސްލިޕް ލިބުމަށް ފަހުގައެވެ. 15:00 ގެ ކުރިން ފައިސާ ނުފޮނުވާ ފަރާތްތަކުން ނީލަމުންނެންގެވި ތަކެތި އެހިސާބުން ކެންސަލް ކުރެވޭނެއެވެ. ނީލަމުން ތަކެތި ގެންދެވޭނީ ނީލަން ފުރިހަމަ ކުރި ކަމުގެ ލިއުން ކައުންސިލުން ދިނުމުންނެވެ.
ނީލަން ފުރިހަމަ ކުރައްވާ ފަރާތްތަކުން ނީލަމުން ނެންގެވި ތަކެތި 25 ފެބުރުއަރީ 2025 ދުވަހުގެ 17.00 ގެ ކުރިން ގެންދަވަންވާނެއެވެ. އެވަގުތުގެ ތެރޭގައި ނުގެންދަވާ ތަކެތި އެފަރާތުން ބޭނުންނެތީ ކަމުގައި ބަލައި އެތަކެތި ނައްތައިލެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.