ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

 

FSM-ADV/2025/023

މުވައްޒަފުން ބޭނުންވެއްޖެ

 

ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

 

މަޤާމް:

އޮފިސަރ، މާކެޓިންގ

ޑިޕާޓްމަންޓް:

ސޭލްސް

ބޭނުންވާ ޢަދަދު:

01

މަސައްކަތުގެ ބާވަތް:

-        ދުވަހުން ދުވަހަށް ހަވާލުކުރެވިފައިވާ މަސައްކަތްތައް ގަވައިދުން ނިންމުން

-        ކަސްޓަމަރުންގެ ފަރާތުން އަންނަ ޝަކުވާތަކަށް ޖަވާބުދާރީވެ، އެކަމަށް ދެވޭނެ އެންމެ އެކަށޭނަ ހައްލެއް ކަސްޓަމަރަށް ހޯދައި ދިނުމަށް ވީ އެންމެ އަވަހަކަށް މަސައްކަތް ކޮށްދިނުން.

-        ލިޔެކިޔުންތައް ތައްޔާރުކުރުމާއި އަދި ރައްކާތެރިކަމާއެކު ފައިލްކޮށް ގަވައިދުން ބެލެހެއްޓުން.

-        މަސައްކަތުގެ މާހައުލުގައި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާ އެކު ޓީމެއްގޮތުގައި މަސައްކަތްކޮށް، މުވައްޒަފުންގެ މެދުގައި  ޓީމްވޯރކު ރަނގަޅުކޮށް ދެމެހެއްޓުމަށް އެއްބާރުލުން ދިނުން.

ޝަރުތުތައް:

-        ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން އަދި މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެވެ.

-        މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން.

-        ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން.

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހޭޑް އޮފީސް

 

މަޤާމް:

އޮފިސަރ، ވެއާރހައުސް

ޑިޕާޓްމަންޓް

ސޭލްސް

ބޭނުންވާ އަދަދު:

02

މަސައްކަތުގެ ބާވަތް:

-        ކުންފުނީގެ އޮޕަރޭޝަނަށް ބޭނުންވާ މުދާތައް ބަލައިގަތުމާއި ދޫކުރުން.

-        އިންވެންޓްރީ ބެލެހެއްޓުން.

-        އިންވެންޓްރީ  ރިޕޯޓްހެދުން.

-        އެސް.އޭ.ޕީ ސިސްޓަމަށް ޑޭޓާ އެންޓްރީކުރުން.

ޝަރުތުތައް:

-        ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން އަދި މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެވެ.

-        މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން.

-        ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން.

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް

 

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން  01 މާރޗް 2025 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ).

 

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.

 

24 ފެބްރުއަރީ 2025

24 ފެބުރުވަރީ 2025
ހޯދާ