ދިވެހިރާއްޖެ
ނ.ކެނދިކުޅުދޫ ސްޓޭޑިއަމްގައި ހަދާފައިހުރި ރޮސްޓްރަމް (ބޯޅަގެ)، ކައުންސިލުން ފޯރުކޮށްދޭ ކުރެހުމާއި ސްޕެސިފިކޭޝަނާ އެއްގޮތަށް، އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނު (ނަންބަރު (IUL)286-MP/286/2025/21)ގެ ކުރެހުމާއި ސްޕެސިފިކޭޝަނަށް ގެނެވުނު ބައެއް ބަދަލުތަކާއެކު ބީލަން ހުށަހެޅުމުގެ ތާރީޚު 27 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ބަދަލުކުރެވިފައިވާކަމުގައި ދަންނަވަމެވެ. ކުރެހުމަށް ގެނެވުނު ބަދަލުތައް މި އިޢުލާނާއެކު ގެޒެޓުކޮށްފައިވާނެއެވެ.
މިއިޢުލާނަށް ބީލަން ހުށަހެޅޭނީ، ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން، 27 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިކައުންސިލަށް ވަޑައިގެން ބީލަން ހުށަހެޅުމަށް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
25 ޝަޢްބާން 1446
24 ފެބުރުވަރީ 2025